މި މަހުގެ 12ގެ ކުރިން ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭނެ

އެ އުސޫލުގައިވާ ގޮތުން ސަރުކާރުގެ މުވައްޒަފުންނަށް މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ރޯދަ އިނާޔަތް ދީ ނިންމަން ޖެހެ އެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ

ގާނޫނުގައިވާ ގޮތުގެ ސަރުކާރު މުވައްޒަފުންނަށް މި ފެށޭ ރޯދަ މަހުގެ އިނާޔަތް، މި މަހުގެ 12ގެ ކުރިން ދޭން ނިންމައިފި އެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހަކީ، މި އަހަރުގެ މުލަ ރޯދަ ދުވަސްކަމުގައި ކަލެންޑަރުގައި ލަފާކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ، ރޯދަ އެލަވަންސް ދިނުމުގެ އުސޫލުތައް ކަނޑައަޅައިފަ އެވެ.

އެ އުސޫލުގައިވާ ގޮތުން ސަރުކާރުގެ މުވައްޒަފުންނަށް މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ރޯދަ އިނާޔަތް ދީ ނިންމަން ޖެހެ އެވެ. 

އަދި އިނާޔަތުގެ ފައިސާ މި މަހުގެ 10 ގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް، ޕޯސްޓު ކުރަން ވާނެ ސާކިއުލާގައި އަންގާފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން އިނާޔަތުގެ ގޮތުގައި 3،000ރ. ދޭން ޖެހޭއިރު، ސަރުކާރު މުވައްޒަފުން މެދުގައި ހަމަހަމަކަން ދެމެހެއްޓުމަށް، ގާނޫނުގައިވާ އަދަދަށް ވުރެ އިތުރަށް އެއްވެސް އިދާރާއަކުން ރޯދަ އިނާޔަތުގެ ފައިސާ ނުދިނުމަށް ވަނީ އަންގައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.