އެމެރިކާގެ މަރުކަޒީ ކޮމާންޑާ ހަވާލާދީ ހާމަކުރި ގޮތުގައި، އީރާނުގެ ޝާހިދު-139 މަރުކާގެ ޑްރޯން ވައްޓާލީ އެމެރިކާގެ މަނަވަރާ ވަރަށް ބޮޑަށް ގާތްވުމުން، އަމިއްލަ ދިފާއުގަ އެވެ.

އެމެރިކާގެ ފަހުރެއްގެ ގޮތުގައި ބަލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއާ އާދަޔާ ހިލާފު ގާތުން އުދުހުނު އީރާންގެ ޑްރޯނަކަށް ހަމަލާ ދީފި އެވެ.
އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން އަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ، އީރާނުގެ ޑްރޯނެއް އެމެރިކާ ސިފައިން ވައްޓާލާފައިވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވާ ގޮތުގައި އަރަބި ކަނޑުގައި ހާދިސާއެއް ހިނގާފައިވާ ކަމަށާ، ހާދިސާއެއް ހިނގިނަމަވެސް އީރާނުގެ ޑްރޯންތަކުން ބޭނުންވާ މައުލޫމާތު ރައްކާތެރިކަމާއެކު އެ ގައުމުގެ ސިފައިންނަށް ރައްދުކޮށް ދިން ކަމަށެވެ.
ހުޅަނގުގެ ހަބަރުފަތުރާ ވަސީލަތްތަކުން އެމެރިކާގެ މަރުކަޒީ ކޮމާންޑާ ހަވާލާދީ ހާމަކުރި ގޮތުގައި، އީރާނުގެ ޝާހިދު-139 މަރުކާގެ ޑްރޯން ވައްޓާލީ އެމެރިކާގެ މަނަވަރާ ވަރަށް ބޮޑަށް ގާތްވުމުން، އަމިއްލަ ދިފާއުގަ އެވެ. މި ޑްރޯން ވައްޓާލާފައިވަނީ އަބްރަހަމް ލިންކަން މަނަވަރުގައި އޮތް އެފް35 މަރުކާގެ ފައިޓަރު ޖެޓަކުންނެވެ. އެމެރިކާއި ން ބުނާ ގޮތުގައި ޑްރޯން ވައްޓާލީ އެއަށް އެތައް އިންޒާރެއް ދިނުމަށްފަހު އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ އީރާނާއެކު "މިހާރު ވެސް" މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް، އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާ އިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކަށް (އޮޕަރޭޝަން މިޑްނައިޓް ހެމ) އިޝާރާތް ކުރައްވައި އިންޒާރު ދެއްވާފަ އެވެ.