ލީބިޔާގެ ކުރީގެ ރައީސް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި

ސައިފުލް އިސްލާމްގެ ސިޔާސީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު އޭނާ ދިރިއުޅުއްވާ ގެއަށް ވަދެގަނެ ދިން "ފިނޑި" ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލާފައިވާ ކަމަށެވެ.

ލީބިއާގެ ކުރީގެ ރައީސް ގައްޒާފީގެ ދަރިކަލުން ސައިފް

ލީބިޔާގެ ކުރީގެ ރައީސް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން، ސައިފުލް އިސްލާމް ގައްޒާފީ ހަތިޔާރު އެޅި ބަޔަކު ހަމަލާދީ އަވަހާރަކޮށްލައިފި އެވެ. 

ލީބިޔާގެ ފަވާސިލް މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުން ވެރިރަށް ޓްރިޕޮލީއާ ގާތްގަނޑަކަށް 136 ކިލޯމީޓަރު ދުރުގައި އޮންނަ ޒިންތާންގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަނީ ގައްޒާފީގެ ދަރިކަލުން އަވަހާރަކޮށްލާފަ އެވެ.

ސައިފުލް އިސްލާމްގެ ސިޔާސީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު އޭނާ ދިރިއުޅުއްވާ ގެއަށް ވަދެގަނެ ދިން "ފިނޑި" ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލާފައިވާ ކަމަށެވެ. އަދި ހަމަލާދިން މީހުން ވަނީ އެ ގޭގައި ހުރި ސެކިއުރިޓީ ކެމެރާތައް ނިއްވާލައި، ހެކި ނައްތާލުމަށް ވެސް މަސައްކަތް ކޮށްފައި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، މަރާލުމުގެ ކުރިން ސައިފުލް އިސްލާމް އެ މީހުންނާ ކުރިމަތިލެއްވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ލީބިޔާގެ ހައި ސްޓޭޓް ކައުންސިލްގެ ކުރީގެ ރައީސް ޚާލިދު އަލް މިޝްރީ ވަނީ މި މަރުގެ މައްސަލަ ވަގުތުން އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރުމަށް ގޮވާލައްވާފަ އެވެ.

ސައިފް 2000 އިން 2011 އަށް އޭނާ ބެލެވިފައިވަނީ އޭނާގެ ބައްޕާފުޅު މުއައްމަރުލް ގައްޒާފީގެ ފަހަތުން ލީބިޔާގެ ދެވަނައަށް އެންމެ ބާރުގަދަ މީހާގެ ގޮތުގަ އެވެ. ހުޅަނގުގެ ގައުމުތަކުން ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ސައިފުލް ފާހަގަވެފައިވަނީ ލީބިޔާގެ ގާނޫނުއަސާސީއެއް އެކުލަވާލުމަށާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރި "އިސްލާހީ" މޫނެއްގެ ގޮތުގަ އެވެ.

ނަމަވެސް 2011 ވަނަ އަހަރު ބައްޕާފުޅުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުތުމުން، އޭނާ ވަނީ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކޮށް، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމުގައި އިސްކޮށް އުޅުއްވާފަ އެވެ. އަދި 2011 ވަނަ އަހަރު މުއައްމަރުލް ގައްޒާފީ އަވަހާރަކޮށްލުމަށްފަހު، ސައިފުލް އިސްލާމް ނައިޖަރަށް ފިލަން އުޅެނިކޮށް ހައްޔަރުކުރެވުނީ ޒިންތާންގެ ހަނގުރާމަވެރިންނަށެވެ. އެއަށްފަހު 2017 ވަނަ އަހަރު އާންމު މާފެއްގެ ދަށުން އޭނާ މިނިވަންވީއްސުރެ ދިރިއުޅުއްވަމުން ގެންދެވީ ޒިންތާންގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.