އެ ނަމްބަރުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަ އަހަރު ތެރޭގައި އެންމެ ގިނަ އާ ކޭސްތައް ރަޖިސްޓްރީ ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. ދެން 2023 އަދި 2021 އެވެ.

ވޭތުވެދިޔަ ހަ އަހަރަށް ބަލާއިރު، ކެންސަރުގެ އާ ކޭސްތައް އެންމެ މަދުން ރަޖިސްޓްރީ ކުރެވިފައިވަނީ މިދިޔަ އަހަރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މާދަމާ ފާހަގަކުރާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވަނީ ގައުމީ ކެންސަރު ބަލި މީހުންގެ ދަފްތަރުގައި ވޭތުވެދިޔަ ހަ އަހަރު ރަޖިސްޓްރީކުރެވޭ އާ ކޭސްތަކުގެ ތަފާސްހިސާބުތައް ހާމަކޮށްފަ އެވެ.
އެ ނަމްބަރުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަ އަހަރު ތެރޭގައި އެންމެ ގިނަ އާ ކޭސްތައް ރަޖިސްޓްރީ ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. ދެން 2023 އަދި 2021 އެވެ.
އެޗްޕީއޭ އިން ބުނީ މި އަދަދުތަކުން ކެންސަރު ބައްޔާމެދު ހޭލުންތެރިކުރުމުގެ މުހިންމު ކަމާއި، އަވަހަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ކެންސަރު ބަލި މީހުންގެ ދަފްތަރުގައި 1964 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
އެޗްޕީއޭ އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ބަލި ހިމެނެ އެވެ.