މި މާރުކޭޓުން ގޮޅި ދޫކުރާނީ ހިލޭ، އެއްވެސް ކުއްޔެ ނެގުމަކާ ނުލަ އެވެ. މި ގޮޅިތަކުގައި ވިއްކޭނީ، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތަކެވެ.

ކުުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރަން މިއަދު ހުޅުވާލައިފިއެވެ.
މިއީ ރޯދަމަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީ ކުރި މާރުކޭޓެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި މާރުކޭޓުން ގޮޅި ދޫކުރާނީ ހިލޭ، އެއްވެސް ކުއްޔެ ނެގުމަކާ ނުލަ އެވެ. މި ގޮޅިތަކުގައި ވިއްކޭނީ، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތަކެވެ.
އެޗްޑީސީން ބުނީ ގޮޅިއަށް އެދި ހުށަހަޅާ ފޯމު މިހާރު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. ފޯމު ބަލައިގަތުމާއި ގުރުއަތުނެގުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 15:30 ގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީސް (ސެންޓްރޯ މޯލް)ގަ އެވެ.
ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާގޮތަށް، އެ މާރުކޭޓު ގާއިމްކޮށްފައި ވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގަ އެވެ.