އެޕްސްޓީން ފައިލްގެ މައްސަލަ ހޫނުވެފައި ވަނިކޮށް، ޑރ. ވަހީދު އިސްތިއުފާ ދެއްވައިފި

ރައީސް ވަހީދުގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ނުފޫޒު ގަދަ މީހުންނަށް އެ ކުދިން ވިއްކި ސެކްސް ޓްރެފިކަރު، ޖެފްރީ އެޕްސްޓީންއާ އެކު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ގާތް ގުޅުންތަކެއް ބޭއްވެވި މައްސަލަ ހޫނުވެފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް ވަހީދުގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

ވަހީދު އިސްތިއުފާ ދެއްވިއިރު، ނައިބު ރައީސް ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެންނާއި އަދި އޭގެ ފަހުންވެސް ރާއްޖެއާ ގުޅޭ އެތައް ކަމެއް އެޕްސްޓީންއާ ހިއްސާކޮށް، އޭނާގެ ލަފާ ހޯއްދަވާފައިވާކަން ފަޅާއަރާފައި ވަނިކޮށެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރައީސް ވަހީދާއި އެޕްސްޓީން ގުޅުން ބާއްވާފައިވެ އެވެ. އެއީ 2008 ވަނަ އަހަރު އުމުރުން 14 އަހަރުގެ ކުއްޖަކާ އެޕްސްޓީން ބެހިގެން ޖަލަށްލައި، މިނިވަންވިފަހުން ބޭއްވި ގުޅުމެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެތައް މެއިލްއެއް ޑރ. ވަހީދު އެޕްސްޓީންއާ ފޮނުވާފައިވާކަމަށް އެ ޑިޕާޓްމެންޓުން ހާމަކޮށްފައިވެ އެވެ.

ނަމަވެސް ރައީސް ޑރ. ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕްސްޓީންއާއެކު ބޭއްވެވީ ރަސްމީ ގުޅުމެއް ކަމަށެވެ. އަދި އޭނާއަކީ އެހާ މުޑުދާރު މީހެއްކަމާއި އޭނާ ޖަލަށް ލީކަން ވެސް ނޭންގޭ ކަމަށާއި، އޭނާއާއެކު ގުޅުމެއް ބޭއްވުނީތީ ހިތާމަ ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، އެޕްސްޓީންއާ ބައްދަލު ކުރެއްވީ ރާއްޖެއަށް މާލީ އެހީ ހޯދޭނެ މަގެއް ހޯދުމަށް ކަމަށާއި ނަމަވެސް އޭނާއާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ހިނގާފައިނުވާނެ ކަމަށެވެ. އަދި އޭނާއާ ބައްދަލުކޮށްފައިވާނީ ސެޕްޓެމްބަރު، 2012، އަދި މެއި، 2014، ގައި އެކަނި ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.