ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުން

ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފައި ވަނީ އެމަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު ރިޓަޔާ ކުރެއްވުމުންނެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމުގައި ކުރިން ހުންނެވި މައިމޫނާ އަބޫބަކުރު --

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.

ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފައި ވަނީ އެމަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު ރިޓަޔާ ކުރެއްވުމުންނެވެ. ސިއްހީ ދާއިރާއަށް ގިނަ ދުވަސްތަކެއްވާންދެން ހިދުމަތް ކުރެއްވި މައުމޫނާ ރިޓަޔާކުރެއްވީ މިދިޔަ މަހުގެ އަށްވަނަ ދުވަހު އެވެ.

އެ މަގާމު ހުސްވުމާ ގުޅިގެން ސީއެސްސީއިން ކުރި އިއުލާނުގައި ބުނީ، މުސާރައިގެ ގޮތުގައި މަހަކު 21،884ރ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 12،534ރ. ގެ އިތުރުން، ހާޒިރީ އެލަވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 339ރ. ދޭނެ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، އަންނަ ހަފުތާގެ ބުދަ ދުވަހުގެ 14:00ގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މައިމޫނާ އައްޔަނު ކުރައްވާފައި ވަނީ ނޮވެމްބަރު 17، 2016 ގައެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު މައިމޫނާ ވަނީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އެކަމަނާ ވަނީ ވޭތުވެދިޔަ 35 އަހަރު ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.