މި ޕްރޮގްރާމުގެ މަގުސަދަކީ ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރު، ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް އަދި އެހެނިހެން ހިފާގެންގުޅޭ ސާމާނު ހަދިޔާ ކުރަން ފުރުސަތު ދިނުމެވެ.

ރޯދައަށް ގޭގެ އެއްޗިހި ބަދަލު ކުރުމަކީ ދިވެހިންގެ އާދައެކެވެ. މިގޮތުން ބައެއް ގޭގެއިން ވަރަށްއާ ރީތި އެއްޗިހި އުކާލަ އެވެ. އެހެންވެ އެޗްޑީސީގެ އިސް ނެގުމެއްގެ ދަށުން ވަނީ މިގޮތަށް ދޫކޮށްލާ ތަކެތި "އެއްގެއިން އަނެއްގެއަށް" ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެ ކެމްޕޭން މާދަމާ ފަށާނެ އެވެ.
މި ޕްރޮގްރާމަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު އާކުރާއިރު، އުކާލެވޭ ރަނގަޅު ތަކެތި އިސްރާފުވިޔަ ނުދީ، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ މަގުސަދު - ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރު، ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް އަދި އެހެނިހެން ހިފާގެންގުޅޭ ސާމާނު ހަދިޔާ ކުރަން ފުރުސަތު ދިނުމެވެ.
އެޗްޑީސީ އިން މިދިޔަ އަހަރުވެސް މި ޕްރޮގްރާމް ހިންގާފަ އެވެ. މިދިޔަ އަހަރު މި ޕްރޮގްރާމުގެ ސަބަބުން ގިނަ ބަޔަކަށް އާ ގިނަ މުދާ ލިބިފައިވެ އެވެ.