މިދިޔަ ޖެނުއަރި މަހު ޖުމްލަ 224,788 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި އައި 214,863 އާ އަޅާބަލާއިރު 4.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ މަހަކީ 10 އަހަރުތެރޭ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ޖެނުއަރީ މަސް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ ޖެނުއަރި މަހު ޖުމްލަ 224,788 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި އައި 214,863 އާ އަޅާބަލާއިރު 4.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
ފާއިތުވި 10 އަހަރުގެ ޖަނަވަރީ މަހު ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހޭދަކުރި މުއްދަތަށް ބަލާއިރު، އެންމެ ގިނަ ދުވަސް ހޭދަކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުގެ ގަވާއިދުތައް ހަރުކަށިވި ދުވަސްވަރުގަ އެވެ. އެންމެ ގިނަ ދުވަހު ޓޫރިސްޓުން މަޑުކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖޭގައި އެވްރެޖުކޮށް ޓޫރިސްޓުން 9.2 ދުވަހު މަޑުކުރި އެވެ.