ކޮމެޓީތައް އެކުލަވާލަނީ ތިން ދާއިރާއަކުންނެވެ. އެއީ ޓޫރިޒމް، ކޮންސްޓްރަކްޝަން އަދި ފިޝަރީޒް ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އެކުލަވާލާ ކޮމެޓީތަކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
ކޮމެޓީތައް އެކުލަވާލަނީ ތިން ދާއިރާއަކުންނެވެ. އެއީ ޓޫރިޒމް، ކޮންސްޓްރަކްޝަން އަދި ފިޝަރީޒް ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އެކުލަވާލާ ކޮމެޓީތަކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ.
މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
ރައީސް އޮފީހުން ބުނީ ކޮމިޓީތަކުގެ މެންބަރުކަމުގެ މަގަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ ކަމަށެވެ. އަދި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.