ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނީ އިއްޔެ ހަވީރު 5:30 އާ ހަމައަށެވެ. މުއްދަތު ހަމަވިއިރު ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް 1936 މީހަކު ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން 1610 ކެނޑިޑެސީ ގަބޫލުކޮށްފަވެ އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވިއިރު، 3547 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނީ އިއްޔެ ހަވީރު 5:30 އާ ހަމައަށެވެ. މުއްދަތު ހަމަވިއިރު ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް 1936 މީހަކު ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން 1610 ކެނޑިޑެސީ ގަބޫލުކޮށްފަވެ އެވެ.
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ކުރިމަތިލުމަށް 1611 މީހަކު ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން 1383 މީހެއްގެ ކެނޑިޑެސީ ގަބޫލުކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.
މިފަހަރު އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާފައި ވަނީ އޮންލައިންކޮށެވެ. އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވައިލީ މިދިޔަ ޖެނުއަރީ 17 ވަނަ ދުވަހު އެވެ.
އީސީން ކުރިން ބައެއް މީހުންގެ ފޯމުތައް ރިޖެކްޓްކޮށްފައިވަނީ ލިޔެކިޔުންތައް ހަމައަށް ނުހުންނާތީ އެވެ. އޭގެތެރޭގައި ކުށެއް ނުވަތަ ދަރަންޏެއް އޮތްކަމުގެ ފޯމާއި ކަރެކްޝަންސް ސާވިސްއިން ފުރިހަމަ ކުރަން ޖެހޭ ކުށުގެ ރެކޯޑު ބައެއް މީހުން ހުށަހަޅާފައިނުވާކަން އީސީން ފާހަގަކޮށްފައިވެ އެވެ.