ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައި: ނަޝީދު

"ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރަށް ބޮޑު އިންޓްރެސްޓްގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށް ވީމަ،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު --

ދައުލަތުގެ ދަރަނީގެ މައްސަލައަށް ސަރުކާރަށް އެކަނި ހައްލު ނުހޯދޭނެ ކަމަށާއި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިކަން ސާފުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން ކަމަށާއި އެއީ މިހާރު ގައުމީ މައްސަލައެއް ކަމަށެވެ.

"ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރަށް ބޮޑު އިންޓްރެސްޓްގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށް ވީމަ،" ނަޝީދު ވިދާޅުވި އެވެ.

އެ ކަމުން ހާމަވަނީ ރާއްޖެ، ދަރަނީގެ ދަންތުރައިގައި ރަނގަޅަށް "ބަނދެވިފައިވާކަން" ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ނަޝީދު އެ ފަދައިން ވިދާޅުވިއިރު، މި އަހަރުގެ އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ހިމެނޭހެން، މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ރާއްޖޭން ދައްކަންޖެހެ އެވެ. ދިވެހި ރުފިޔާއިން ބަލާއިރު އެއީ 15 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.