އެމްޕީއެލްއިން ލުޔެއް | ކޮންޓެއިނާއަށް ނުލާ ގެންނަ މުދާ ބަހައްޓަން އިތުރު މުއްދަތު

މި ގެނައި ބަދަލާއެކު ކޮންޓެއިނާއަށް ނުލައި ގެންނަ މުދާ ބަހައްޓަން ބޮޑު ފަސޭހައެއް ވިޔަފާރިތަކަށް ލިބިގެންދާނެ އެވެ.

އެމްޕީއެލް ވިޔަފާރި ބަނދަރުން މުދާ ނެރުމުގެ މަސައްކަތް ކުރަނީ -އެމްޕީއެލް

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލެ ވިޔަފާރި ބަނދަރަށް ބާލާ ކޮންވެންޝަނަލް ކާގޯ (ކޮންޓޭނަރަށް ނުލައި ގެންނަ މުދާ) ބެހެއްޓޭ މުއްދަތު އިތުރުކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ އިޤްތިޞާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންވެންޝަނަލް ކާގޯ (ކޮންޓޭނަރަށް ނުލައި ގެންނަ މުދާ) ގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ"ގައި ސްޓޯރކުރާ މުދަލަށް ދޭ "ފްރީ ސްޓޯރޭޖް" މުއްދަތަށް ބަދަލު ގެނެސް މިއަދުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.

ވިޔަފާރިއަށް ލުއި ދޭން ގެނެވުނު ބަދަލު

  •  ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ"ގައި ސްޓޯރކުރާ ބްރޭކް ބަލްކް ކާގޯއަށް "ފްރީ ސްޓޯރޭޖް"ގެ މުއްދަތު ގޮތުގައި 10 ދުވަސް ދިނުން
  •  ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ"ގައި ބަހައްޓާ ކޮންވެންޝަނަލް ކާގޯއަށް "ފްރީ ސްޓޯރޭޖް"ގެ ގޮތުގައި ކުރިން ދެނީ 5 ދުވަސް

އެހެންކަމުން މި ގެނެވުނު ބަދަލާއެކު، މުދާ އެތެރެކުރާ ފަރާތްކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.