އެލައިޑަށް 41 | އަހަރީ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް

އެލައިޑުން މިދިޔަ އަހަރުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. މި ކާމިޔާބީތަކާއެކު މި އަހަރުވެސް ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ.

އެލައިޑް އިންޝުއަރެންސްގެ ޗީފް އެންޑަރައިޓިން އޮފިސަރު (ސީޔޫއޯ) އިލިއާނާ ރޫސޭ މައުލޫމާތު ދެއްވަނީ -- އެލައިޑް

އެލައިޑަށް މިދިޔަ އަހަރު ލިބުނު ކާމިޔާބީތަކާއެކު، މި އަހަރު ގިނަ ހަރަކާތްތަކެއް ހިންގަން ނިންމައި އަހަރީ ދުވަސް ފާހަގަ ކުރަން ފަށައިފި އެވެ. 

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑަށް ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު 41 އަހަރު ފުރިފަ އެވެ. ކުންފުނީގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ކުންފުނީގެ އަސްލު ނުގެއްލޭނޭހެން ލޯގޯ އަށް ގެނެވުނު ބަދަލެވެ. މީގެ އިތުރުން އެލައިޑް އިސްލާމިކް ވިންޑޯ ކަމަށްވާ "އެލައިޑް ތަކާފުލް" ގެ ލޯގޯ އަށް ގެނައި ބަދަލު ވެސް މިއަދު ވަނީ ރަސްމީކޮށް ދައްކާލާފަ އެވެ. 

އަހަރީ ދުވަހާ ގުޅިގެން އެލައިޑުން ވަނީ އަހަރީ ދުވަހުގެ ކޭކެއް ފަޅާފަ އެވެ. އަހަރީ ދުވަހާ ގުޅިގެން މިއަދު އެލައިޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެލައިޑް އިންޝުއަރެންސްގެ ޗީފް އެންޑަރައިޓިން އޮފިސަރު (ސީޔޫއޯ) އިލިއާނާ ރޫސޭ ވިދާޅުވީ މިދިޔަ އަހަރަކީ ވެސް އެ ކުންފުނިން މުޖުތައުއަށް ފައިދާހުރި ގިނަ ހަރަކާތްތަކެއް ހިންގި އަހަރެވެ. އަދި މި އަހަރުވެސް ގިނަ ހަަރަކާތްތަކެއް ހިންގަން ވަނީ ރާވާފަ އެވެ.

އަހަރީ ދުވަހުގެ އުފަލުގައި ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުން، އެލައިޑުން ވަނީ "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް" ޕްރޮމޯޝަނެއް ފަށާފައެވެ.

މި ޕްރޮމޯޝަންގެ މައުލޫމާތު - އޮންލައިންކޮށް މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރަންސް ނަންގަވާ ފަރާތްތަކަށް 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުހެ 15 ގެ ނިޔަލަށެވެ. ޕޮލިސީ ނަންގަވާ ފުރަތަމަ 41 މީހުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ އިތުބާރުހުރި އިންޝުއަރަންސް އަދި ތަކާފުލް ޚިދުމަތްދޭ ކުންފުނީގެ ގޮތުގައި އެލައިޑުން އަދާކުރާ ދައުރު 2026 ވަނަ އަހަރު ވެސް އިތުރަށް ވަރުގަދަ ކުރެވިގެންދާނެ އެވެ. އަދި ހަމަމިއާއެކު، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚާއްޞަކޮށްގެން ފަރުމާކުރެވޭ އިންޝުއަރަންސް އަދި ތަކާފުލް ޕްލޭންތަކަށް ހާއްސަ އިސްކަމެއް ދެވޭނެ އެވެ. މީގެ އިތުރުން، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މަސައްކަތްތައް ހަލުވިކޮށް، ކަސްޓަމަރުންނަށް ފަހި ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރެވޭނެ އެވެ.

މި އަހަރު ވެސް މުހިންމު ކޯޕަރޭޓް ޕާޓްނާޝިޕްތަކާއި ކޯޕަރޭޓް ޕްލެޓްފޯމް ތަކުގައި ކުންފުނީގެ ބައިވެރިވުން އިތުރުކުރުމަށް އެލައިޑުން އިސްކަންދޭނެ އެވެ. އަދި މި އަހަރު މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ ދުޅަހެޔޮކަމާއި ސިއްހަތާ ގުޅުންހުރި ކަންކަމަށެވެ.

ރައްކާ 2026 މި އަހަރުވެސް ކުރިއަށް

ފުލުހުންނާއި އެލައިޑުން އެއްބަސްވުމުގައި ސޮއިކުރަނީ -- އެލައިޑް

އެލައިޑުން ވަނީ ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ "ރައްކާ" ކެމްޕޭން ފަށަން ފުލުހުންނާއެކު ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް ނަވީން އެވެ. އަދި އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ހުސެއިން ލުއެޒް އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން އަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ކުރިއަށް ގެންދެވޭ މި މަސައްކަތަކީ، މަގުމަތީގެ ރައްކާތެރިކަމާއި މުޖުތަމައުގެ ލާބައަށް މި ކުންފުނިން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ މަސައްކަތެކެވެ. މި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ލުވައިޒެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އިސްމާޢީލް ނަވީނެވެ. މި ޕާޓްނަޝިޕަކީ މުޖުތަމައުގެ ރައްކާތެރިކަމާއި އިޖުތިމާއީ ޒިންމާ އަދާކުރުމުގައި އެލައިޑުން ދަމަހައްޓަމުންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

އެލައިޑުން ވަނީ މިދިޔަ އަހަރު 2025 ވަނަ އަހަރު ކުންފުނިން ހޯދި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.

2025 ވަނަ އަހަރުގެ މުހިންމު ކާމިޔާބީތައް

  •  އިޖުތިމާއީ ހަރަކާތްތައް - ޑައިވް 40: ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ހިންގި ހާއްސަ އިނީޝިއޭޓިވް އާއި
  •  މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން މަގުމަތީގެ ސަލާމަތަށް ހިންގި ރައްކާ ކެމްޕޭން ހަރަކާތްތައް
  •  އެލައިޑް ފެސްޓް 2025: މާލީ ހޭލުންތެރިކަމާއި ފެމިލީ ތަކާފުލްއަށް އާންމުން އަހުލުވެރިކުރުވުމަށް ބޭއްވި ފެސްޓިވަލްތައް.
  •  އެލައިޑް ބައިސްކަލު ރޭސް: ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ބޭއްވި ހަރަކާތް.
  •  ކޯޕަރޭޓް ޕާޓްނާޝިޕް: ސާޓާ ޓީ.ޓީ.އެމް ސީ.އީ.އޯ ސަމިޓް އަދި އެކި ދާއިރާތަކުގެ ފޯރަމްތަކާއި އެކްސްޕޯތަކުގައި ބައިވެރިވެ ކުންފުނީގެ ދައުރު ފުޅާކުރުން.
  •  މާލީ ކުރިއެރުން: އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، މާކެޓްގެ ބޮޑު އިންސައްތައެއް ހާސިލްކުރުން.
  •  އެލައިޑް ތަކާފުލް ރީބްރޭންޑް ކުރުން - އިސްލާމިކް ވިންޑޯއަށް 10 އަހަރު ފުރުމާ ގުޅިގެން "އަޔާދީ ތަކާފުލް" ގެ ނަން "އެލައިޑް ތަކާފުލް" އަށް ބަދަލުކުރުން.
  •  އިފްސާ އެވޯޑް - ފާއިތުވި 10 އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ތަކާފުލް ވިންޑޯގެ ލަގަބު ލިބުން.
  •  ޖިފާ އެކްސެލެންސް އެވޯޑް - 2025 ވަނަ އަހަރުގެ ތަކާފުލް ދާއިރާއިން ޝަރަފުވެރި އެވޯޑެއް ލިބުން.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.