މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ވަނީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.6% އިތުރުވެފައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 983 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ.

މިދިޔަ އަހަރު ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގ އިގްތިސޯދަށް % 8.6 ކުރިއެރުން ލިބި، ރިޒާވު އެއް ބިލިއަން ޑޮލަރާ ގާތަށް ޖެހިލައިފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރުނު މިދިޔަ މަހުގެ އިކޮނޮމިކް އަޕްޑޭޓް (އީޔޫ) ދައްކާ ގޮތުން މިދިޔަ މަހުގެ އިގްތިސާދީ މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ އިން ފެނުނު ހެޔޮ ބަދަލުތަކެވެ.
މި ރިޕޯޓް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ވަނީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.6% އިތުރުވެފައެވެ. އަދި މި މުއްދަތުގައި ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 983 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ ނިޔަލަށް ހުރި 673.9 މިލިއަން ޑޮލަރާ އަޅާބަލާއިރު 46 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު 14 ޕަސެންޓް އިތުރުވެފައެވެ.
ތެލާއި ކާބޯތަކެތީގެ އިމްޕޯޓް - ރާއްޖެ އަށް އެތެރެކުރި ތެލުގެ ބާވަތްތަކުގެ އަގު ވަނީ 15 ޕަސެންޓް އިތުރުވެފައެވެ. މިއީ މައިގަނޑު ގޮތެއްގައި ޑީސަލް އެތެރެކުރި މިންވަރު އިތުރުވުމާ ގުޅިގެން އައި ބަދަލެކެވެ. އަދި ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރި މިންވަރު ވަނީ 10 ޕަސެންޓް އިތުރުވެފައިވެ އެވެ.
މުދަލުގެ އަގަށް އައި ބަދަލު - ތެލާއި ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވި ނަމަވެސް، ޖުމްލަ އިންފްލޭޝަން ހުރީ % 1.3 ގަ އެވެ. ނަމަވެސް ބައެއް ދާއިރާ ތަކުން އަގު ތަކަށް ބަދަލު އައިސްފައިވެ އެވެ. އަދި މާލީ ހިދުމަތްތަކުގެ އަގުތައް ވަނީ %11.1 އަށް އަގުތައް އުފުލިފައިވެއެވެ. އަދި ރެސްޓޯރެންޓް އަދި ކެފޭގެ އަގުތައް ވަނީ %4.7 އަށް އަގުތައް އުފުލިފައިވެ އެވެ. މީގެ އިތުރުން މުއާސަލާތީ ހިދުމަތަށް %8.6 އަށް އަގުތައް ވަނީ ދަށްވެފަ އެވެ.