ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭ ދުވަސް ވަރަކަށް

ކަރަންޓް ބިލް މައްޗަށް ދަނީ ހަަމަ ބޭނުން ކުރާ ގޮތުންނެވެ. ހާއްސަކޮށް އޭސީ ބޭނުން ކުރުމުގައި މި ދުވަސްވަރު ސަމާލުވާން ޖެހެ އެވެ.

ސްޓެލްކޯ މުވައްޒަފެއް މަސައްކަތުގައި : ކަރަންޓް ބޭނުން ކުރުމުގައި މި ދުވަސްވަރު ސަމާލުވާން ޖެހޭ -- ސްޓެލްކޯ ފޮޓޯ

ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއަށް ހޫނު ގަދަވެ އެވެ. މި އަހަރުވެސް އެ ދުވަސް ވަރަށް އައިސްފައިވާއިރު ކުރިމަތީގައި އޮތީ މާރިޗު އަދި އެޕްރީލް މަހު ވެސް ހޫނު ގަދަވާނެ އެވެ. އަނެއްކާ އަންނަ މަހު ރޯދަ ފެށިގެންދާއިރު މިއީ އެންމެ ގިނަ ބަޔަކު އެންމެ ގިނައިން ކަރަންޓް ބޭނުން ކުރާ މަހެވެ. އެހެންވެ މިއީ ސަމާލުވާން ޖެހޭ ދުވަސް ވަރެކެވެ. 

ސްޓެލްކޯގެ މައުލޫމާތުތަކަށް ރޯދަ މަހަކީ އާންމު މަސްތަކާ އަޅާބަލާއިރު ރާއްޖޭގެ ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާ މަހެކެވެ. މީގެ މައިގަނޑު ސަބަބަކީ ދިރިއުޅުމުގެ އާދަކާދަ އަށް އަންނަ ބަދަލުތަކާއި މޫސުމީ ސަބަބުތަކެވެ.

ކަރަންޓު ބިލު ބޮޑުވާން މެދުވެރިވާ މައިގަނޑު ސަބަބުތައް

އޭސީ އަދި ފަންކާ ބޭނުންކުރާ މިންވަރު އިތުރުވުން - ރޯދަ މަސް އާންމުކޮށް ދިމާވަނީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަ އެވެ. މި އަހަރުވެސް އޮތީ އެގޮތަށެވެ.. ހޫނުގަދަވުމުގެ ސަބަބުން ގޭތެރެ ފިނިކުރުމަށް އޭސީ ޖައްސާފައި ހުންނަ ވަގުތު އިތުރުވެ އެވެ. އަދި ބޭރުގެ ހޫނުމިން މަތިވުމުން، ކޮޓަރި ފިނިކުރުމަށް އޭސީއަށް ކުރަންޖެހޭ މަސައްކަތް އިތުރުވެ، ގިނަ ކަރަންޓު ބޭނުންކުރެ އެވެ. 

ބަދިގޭގެ ސާމާނު ބޭނުންކުރުން - ރޯދަ ވީއްލާ ވަގުތާއި ހާރަށް ތައްޔާރުވުމަށްޓަކައި ބަދިގޭގައި ކަރަންޓުން މަސައްކަތްކުރާ ތަކެތި ބޭނުންކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރުވެއެވެ. މިގޮތުން އަވަނުން ފިހެގެން ތައްޔާރުކުރާ ކާނާ ގިނަވެ އެވެ. އަދި  މިކްސަރު/ބްލެންޑަރު ފަަދަ ތަކެތިން ފަނި ގިރުން އާއްމުވެ އެވެ. މީގެ އިތުރުން އިލެކްޓްރިކް އުނދުން މިހާރު ބޭނުން ކުރުން ވަނީ އާއްމުވެފަ އެވެ. 

ފްރިޖާއި ފްރީޒަރަށް ބާރުބޮޑުވުން - ގިނަ ބާވަތްތަކުގެ ކާނާ ތައްޔާރުކޮށް ފްރިޖަށްލުމާއި، ފްރިޖް ހުޅުވާ ލައްޕާ މިންވަރު އިތުރުވުމުން ފްރިޖްގެ ފިނި ހިފެހެއްޓުމަށް ގިނަ ކަރަންޓު ހޭދަވެ އެވެ.

ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންތައްތައް

  • އޭސީގެ ފިނިހިފެހެއްޓުން - އޭސީ ޖައްސާއިރު 25 ޑިގްރީގައި ގައި ބެހެއްޓުމާއި، ކޮޓަރީގެ ދޮރުތައް ރަނގަޅަށް ބަންދުކުރުން.
  • ބަދިގޭގެ މަސައްކަތް - އަވަން ފަދަ ތަކެތި އެއްފަހަރާ ގިނަ އެއްޗެހި ފިހެވޭނެހެން ބޭނުންކުރުން.
  • ބޮކި ނިއްވާލުން - ބޭނުންނުކުރާ ވަގުތުތަކުގައި ބޮކިތައް ނިއްވާލުމާއި، ވީހާވެސް ބޮޑަށް ގުދުރަތީ އަލި ބޭނުންކުރުން

އޭސީން ކަރަންޓު އިގްތިސާދު ކުރާނެ ގޮތް:

  • 1.އޭސީގެ ފިނިހޫނުމިން 25 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށްކުރާ ކޮންމެ ޑިގްރީއަކަށް، ގާތްގަނޑަކަށް 3% އާއި 5% އާ ދެމެދުގެ އިތުރު ކަރަންޓު ހޭދަވެއެވެ.
  • 2.އޭސީގެ ފިލްޓަރުތަކުގައި ހިރަފުސް ޖަހާފައި ހުރިނަމަ، ވައި ދައުރުކުރުމަށް ކޮމްޕްރެސަރަށް ބާރުބޮޑުވެ ކަރަންޓު ދަމާ މިންވަރު އިތުރުވެއެވެ. މަދުވެގެން ދެ ހަފުތާއިން އެއްފަހަރު ފިލްޓަރު ސާފުކުރުން މުހިންމެވެ.
  • 3.އޭސީ ޖައްސާފައި ހުންނަ އިރު ކޮޓަރީގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ބަންދުކުރަންވާނެއެވެ. އަދި އިރުގެ ހޫނު ސީދާ ކޮޓަރިއަށް ނުވަންނާނެހެން ބޯ ފޮތިގަނޑު ދަމާފައި ބެހެއްޓުމުން ކޮޓަރި ފިނިކޮށް ބެހެއްޓުމަށް ފަސޭހަވެއެވެ.
  • 4.އާދައިގެ އޭސީއަށްވުރެ އިންވާޓާ އޭސީ ބޭނުންކުރުމުން ގާތްގަނޑަކަށް 30% އާއި 50% އާ ދެމެދުގެ ކަރަންޓު ސަލާމަތްކުރެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.