ބީއެމްއެލް ސްވައިޕްގެ ލިމިޓެޑް ރިލީޒްގެ ރެޖިސްޓްރޭޝަނަށް ފުރުސަތު

ރަޖިސްޓަރވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗާތައް ބޭނުންކުރެވޭނެ އެވެ. އެގޮތުން ޕަރސަން-ޓު-ޕަރސަން ޓްރާންސްފާ ތަކާއި ކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށް ހޭދަކުރެވޭ އެވެ.

ބޭންކް އޮފް މޯލްޑިވްސް ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފިއެވެ. 

މިއީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ، 100% ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެކެވެ. ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ ސްވައިޕް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ. 

ރަޖިސްޓަރވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗާތައް ބޭނުންކުރެވޭނެ އެވެ. އެގޮތުން ޕަރސަން-ޓު-ޕަރސަން ޓްރާންސްފާ ތަކާއި ކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށް ހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެއެވެ. މީގެ އިތުރުން ޕޭމަންޓް ލިންކް ފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް، ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެއެވެ.

ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ. މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުންކުރެވޭނެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.