ތިލަފުށީގެ ވޯކް ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއަކު ހޯމަ ދުވަހު ގެއްލިފައިވާ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ކ. ތިލަފުށީގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނެއްޖެ އެވެ.
ތިލަފުށީގެ ވޯކް ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއަކު ހޯމަ ދުވަހު ގެއްލިފައިވާ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ފުލުހުން މިރޭ ބުނީ އެ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ. އެއީ ކޮންގައުމެއްގެ ކާކުކަމާއި، އެމީހާގެ މަރާ ގުޅޭ އިތުރު ތަފްސީލު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.