ބޮޑުތަކުރުފާނު މަގުން ބައެއްގައި ރެނދުލައި ތާރުގަނޑާއެކު ގަނބައިގެންފި

މާލޭގެ ބޮޑުތަކުރުފާނު މަގުން ބައެއްގައި ރެދުނދު ލައި ތާރުގަނޑާއެކު ގަނބައިގެންފައިވާ ސަރަހައްދު ވަކިވާ ގޮތަށް ވަރަށް އާދައިގެ ގޮތަކަށް ޓޭޕް ފަށެއް ދަމާފައި އެބަހުއްޓެވެ.

ވިލާ ކޮލެޖްގެ އާ އިމާރާތު ސަރަހައްދުގެ ތާރުގަނޑުގައި ރެނދުލާފައި -- މި

މާލޭގެ ވިލާ ކޮލެޖު ހިންގާ "ކިއުއައި ކެމްޕަސް" ކައިރިން ބޮޑުތަކުރުފާނު މަގުގެ ބަޔަކުން ތާރުގަނޑުގައި ވަރަށް ބޮޑަށް ރެނދުލައި ގަނބައި ގެންފި އެވެ.

އެ ސަރަހައްދުގައި ރެނދުލައި ތާރުގަނޑާއެކު ގަނބައިގެންފައި ވަނީ މަގާ އިންވެގެން އޮތް ހުސްބައިގައި ވިލާއިން އިތުރުން ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަން ނިންމައި އެ މަސައްކަތް ފެށުމާއެކު އެވެ.

މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ މިއަދު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދުގެ ތާރުގަނޑު ކަނޑައިގެން ގޮސްފައި ވަނީ ވިލާ ކޮލެޖްގެ އާ އިމާރާތް އަޅަން އޮތް ހުސް ތަނުގެ ބިން ކޮނުމުގެ ތެރޭގައި ކަމަށެވެ.

ޝިއުނާ ވިދާޅުވީ ތާރުގަނޑު ކަނޑައިގެން ދިއުމާއެކު އެމީހުން ކުރަމުން ދިޔަ މަސައްކަތް ހުއްޓުވައި، އެކަން ހައްލު ކުރަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ. އެ ކުންފުނިން މިހާރު އެ ސައިޓްގައި ފައުންޑޭޝަން އެޅުމަށް ދަގަނޑު އަތުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖް އިމާރާތުގެ އެ މަސައްކަތް ކުރަމުން ދަނީ މާލާ ހައި ރައިޒިން ކުންފުނިންނެވެ.

ވިލާ ކޮލެޖްގެ އާ އިމާރާތު ސަރަހައްދުގެ ތާރުގަނޑުގައި ރެނދުލާފައި -- މި

"ތާރުގަނޑު ހަލާކުވީ އެމީހުން އަތުން. މިހާރު އެ ކުންފުނިން ދަނީ ފައުންޑޭޝަން އެޅުމަށް މި ސައިޓްގައި ދަގަނޑު އަތުރަމުން،" ޝިއުނާ ވިދާޅުވި އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުން ބައެއްގައި ރެދުނދު ލައި ތާރުގަނޑާއެކު ގަނބައިގެންފައިވާ ސަރަހައްދު ވަކިވާ ގޮތަށް ވަރަށް އާދައިގެ ގޮތަކަށް ޓޭޕް ފަށެއް ދަމާފައި އެބަހުއްޓެވެ. އެ މަގަކީ ދުއްވާ މީނާއި ދުވާ މީހުނާއި ހިނގާ މީހުންގެ ހިމެނޭ ގޮތަށް ކާރުބާރު ބޮޑު މަގަކަށްވާއިރު ތާރުގަނޑު ކަނޑައިގެން ގޮސް ގަނބައިގެންފައިވާ އެ ސަރަހައްދުގެ މައްސަލަ ހައްލުކޮށް މަރާމާތު ނުކޮށް ގިނަ ދުވަސްވާ ނަމަ އޭގެ ސަބަބުން ބޮޑު ނުރައްކަލެއް ކުރިމަތި ވުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.