ޝަކުވާ ކުރިޔަސް ކައުންސިލް އިންތިހާބަށް ފޯމު ހުށަހަޅާ ނިޒާމު ބަދަލުނުކުރާނެ

މީގެ ކުރިން ބޭއްވި އިންތިހާބުތަކާ ހިލާފަށް ހަމައެކަނި އޮންލައިންކޮށް ފޯމު ހުށަހެޅޭ ގޮތަށް އޮތުމަކީ އިންތިހާބީ ހައްގަކަށް ހުރަސް އެޅޭކަމެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އިސްވެ ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އީސީގެ މެމްބަރުން. --ފޮޓޯ: މަޖިލީހުގެ އިދާރާ

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ހަމައެކަނި އޮންލައިންކޮށް ފޯމު ހުށަހެޅޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކާ ހިލާފަށް ހަމައެކަނި އޮންލައިންކޮށް ފޯމު ހުށަހެޅޭ ގޮތަށް އޮތުމަކީ އިންތިހާބީ ހައްގަކަށް ހުރަސް އެޅޭކަމެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އިސްވެ ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. 

އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދު ޕީއެސްއެމަށް ވިދާޅުވީ، އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ފަހުން މިހާތަނަށް 2،200 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އަދި ފޯމު ހުށަހެޅި އެއްވެސް މީހަކު، އެ ނިޒާމު އުނދަގޫވެގެން ޝަކުވާއެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަލާހު ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ފަސޭހަކަމާއެކު ކަށަވަރުކުރެވޭއިރު، ފޯމުތަކަށް ޖަވާބު ދިނުންވެސް އަވަސް ކަމަށާއި މިއީ ކުރިމަތިލާ ކެންޑިޑޭޓުންނަށްވެސް ވަރަށް ފަސޭހަ ނިޒާމެއް ކަމަށެވެ.

އެހެންކަމުން، ހަމައެކަނި އޮންލައިންކޮށް ފޯމު ބަލައިގަނެވޭ ގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މެނުއަލްކޮށް ފޯމު ބަލައިގަންނަން ފެށުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅާއިރު ބޭނުންވާ ކުށުގެ ރެކޯޑު ސާފުކުރުމުގައި ލަސްތަކެއް ކުރިމަތިވަމުންދާތީ، އިތުރު 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެމްޑީޕީން ވަނީ އީސީގައި އެދިފަ އެވެ.

ނަމަވެސް، އެކަމާ ގުޅޭގޮތުން އީސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.