ރިތިކްގެ ދިގު ތުނބުޅި ކެޓްރީނާއަށް ކަމުދޭ

ބޮލީވުޑްގެ މެގަ ސްޓާ، ރިތިކް ރޯޝަން މިހާރު ކުޅެމުންދާ ބްރޭންޑެއްގެ އިޝްތިހާރެއްގެ ބޭނުމަށް އޭނާގެ ތުނބުޅި ވަނީ ވަރަށް ދިގުކޮށްފަ އެވެ. އޭނާގެ އެ ދިގު ތުނބުޅި ކެޓުރީނާ ކައިފަށް ވަރަށް ކަމުގޮސްފަ އެވެ. ހަމަ އެކަނި ތުނބުޅި ކަމުދިޔައީއެއްވެސް ނޫނެވެ.

ރިތިކް އަދި ކެޓްރީނާ އާއި ވިކީ

ބޮލީވުޑްގެ މެގަ ސްޓާ، ރިތިކް ރޯޝަން މިހާރު ކުޅެމުންދާ ބްރޭންޑެއްގެ އިޝްތިހާރެއްގެ ބޭނުމަށް އޭނާގެ ތުނބުޅި ވަނީ ވަރަށް ދިގުކޮށްފަ އެވެ. އޭނާގެ އެ ދިގު ތުނބުޅި ކެޓުރީނާ ކައިފަށް ވަރަށް ކަމުގޮސްފަ އެވެ. ހަމަ އެކަނި ތުނބުޅި ކަމުދިޔައީއެއްވެސް ނޫނެވެ. ފިރިމީހާ ވިކީ ކޯޝަލް ވެސް އެ ކަހަލަ ތުނބުޅިއެއް ބަހައްޓަން ރަނގަޅުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކެޓުރީނާ އޭނާގެ އިންސްޓަގްރާމު އެކައުންޓުން ޝެއާ ކުރި ޕޯސްޓެއްގައި ރިތިކްގެ ތުނބުޅި ބަހައްޓާފައި ހުރި ފޮޓޮއެއް ހިމެނެ އެވެ. އަދި ރިތިކް އާއި ވިކީ ޓެގް ކޮށްފައި ކެޓުރީނާ މި ފޮޓޯއާއެކު ލިޔެފައިވާ ލިޔުމުގައި ރިތިކްގެ ތުނބުޅި ވަރަށް ކަމުދާ ކަމަށް ލިޔެފައި ވެއެވެ. ކެޓްރީނާ އެދިފައި ވަނީ ވިކީ ވެސް އެގޮތަށް ތުނބުޅި ހެދުމަށެވެ. އެއަށް ވިކީ ޖާވާބުދީފައި ވެއެވެ. ބުނީ އެކަމާ ގުޅޭ ގޮތުން ދެ މީހުން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

ކެޓުރީނާ އާއި ރިތިކް ކުރިއްސުރެ ގާތް ދެ އެކުވެރިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.