"މިއީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހެއްގައި ސްކޫލުތައް ގާއިމް ކުރުމަށްވިޔަސްމެ، ސްކޫލުތައް ތަރުތީބު ކުރެވިފައިވިޔަސްމެ [ނުކުރާވަރުގެ ހަރަދެއް]، ފާއިތުވި މާޒީގަ ވަނީ ސްކޫލުތަކަށް އަޅާލުން، މަރާމާތު ކުރުން ވަރަށް ބޮޑަށް ދޫކޮށްލެވިފަ،"

މި ސަރުކާރު އައިއިރު ސްކޫލްތައް މާރާމާތުކޮށް، އާބާތުރަ ފިލުވުމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ތާރީހުގައި ނުކުރާވަރުގެ ހަރަދު މި ސަރުކާރުން އެކަމަށް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ގާއިމްކުރި ޝަހީދު އަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ރާއްޖޭގެ ފިސްކަލް އަހަރާއި ދިރާސީ އަހަރު ޖެނުވަރީ މަހުގައި ފެށިގެންގޮސްފައިވާ ކަމަށެވެ.
މި ބަދަލާއެކު ސްކޫލްތަކުގެ ހިންގުމާއި އަދި ވަކިން ހާއްސަކޮށް މާލީ ކަންކަމުގައި ސްކޫލްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ފާއިތުވި ދެ އަހަރު ތައުލީމީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ސްކޫލްތައް މަރާމާތު ކުރުމަށް ސަރުކާރުން ކުރަމުންދާ ހަރަދުތަކެވެ.
އެގޮތުން 2024 އަހަރު 30 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 40 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއަހަރު އެކަމަށް 60 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހެއްގައި ސްކޫލުތައް ގާއިމް ކުރުމަށްވިޔަސްމެ، ސްކޫލުތައް ތަރުތީބު ކުރެވިފައިވިޔަސްމެ [ނުކުރާވަރުގެ ހަރަދެއް]، ފާއިތުވި މާޒީގަ ވަނީ ސްކޫލުތަކަށް އަޅާލުން، މަރާމާތު ކުރުން ވަރަށް ބޮޑަށް ދޫކޮށްލެވިފަ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލޭގެ ސްކޫލްތަކާއި އަތޮޅުތެރޭގެ ސްކޫލްތައް ތަފާތުނުކޮށް އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.
"ވީރާނާވާން ދޫކޮށްލާފައިވާ ސްކޫލުތައް އާބާތުރަ ފިލުވައި، ދަރިވަރުންނަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށްޓަކައި ރައީސް އެޑިއުކޭޝަން މިނިސްޓްރީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރަން،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
މި ގައުމު ވެސް ނެތެއްނު ކަލޭމެން އައި އިރު. މީ ކަލޭމެން ހެދި ގައުމެއްނުން. ނަމުގެ ކުރިޔަށް ޑރ ކުރިޔަށްލީތީ ވެސް ހުތުރު. ޒިންމާދާރުކަމާއި، ފެކްޓަށް ވާހަކ ދެއްކުމާ ތެދުވެރިކަމާ މި ކަންތައްތަކަކީ ޑރ އެއްގެ ފުރަތަމަ ކޮލިފިކޭޝަން. ކޮވިޑްގެ ވަބާއިން އަރައިގަންނަން ކުރެވުނު ބުރަ މަސައްކަތަށް ކާމިޔާބު މިންވަރު ކުރެއްވީތީ ﷲތަޢާލާ އަށް ޝުކުރު ވެރިވުމުގެ ބަދަލުގައި ކޮވިޑްގެ ވަބާ ހަނދާން ނައްތާލާފައި މިފަދަ ވާހަކަ ދެއްކުމަކީ މީނާގެ ޒިންމާދާރު ކަމެއްނެތްކަން