އެޗްޑީސީ އިން ލޭ ހަދިޔާކުރުމުގެ މަސައްކަތް ކުރީ އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެންނެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ އެޗްޑީސީގެ އޮފީހުގަ އެވެ.

'ބްލަޑް ބޭންކް'އިން ލޭ ހުސްވާން ގާތްވެފައިވާތީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އެޗްޑީސީ އިން ލޭ ހަދިޔާކުރުމުގެ މަސައްކަތް ކުރީ އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެންނެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ އެޗްޑީސީގެ އޮފީހުގަ އެވެ.
މިއީ، ރާއްޖޭގެ ބަލްޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން ކުރި އިއުލާނާ ގުޅިގެން ކުރިއަށްގެންދާ ޑޮނޭޝަން ކޭމްޕެކެވެ. މި ކޭމްޕުގެ މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުމެވެ.