އެ ކުންފުނިން ބުނީ ލޭ ހަދިޔާކުރުމަށް އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން މާދަމާ އެވެ.

'ބްލަޑް ބޭންކް'އިން ލޭ ހުސްވާން ގާތްވެފައިވާތީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނިން ބުނީ ލޭ ހަދިޔާކުރުމަށް އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން މާދަމާ ބްލަޑް ޑޮނޭޝަން ކޭމްޕެއް ކުރިއަށްގެންދިއުމަށް ވަނީ ތައްޔާރުވެފަ އެވެ.
މިއީ، ރާއްޖޭގެ ބަލްޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން ކުރި އިއުލާނާ ގުޅިގެން ކުރިއަށްގެންދާ ޑޮނޭޝަން ކޭމްޕެކެވެ. މި ކޭމްޕުގެ މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުމެވެ.
އެޗްޑީސީއަކީ ގައުމީ މިފަދަ ކަންކަމުގައި އިސް ނަގައިގެން އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެވެ.