ޖަލީލު މޭޔަރުގެ ގޮނޑިއަށް ކުރިމަތިލީ އަޅުގަނޑުގެ އެދުމަކަށް: ރައީސް

އެމަނިކުފާނުގެ ހުށަހެޅުން ގަބޫލުކުރައްވައި، މޭޔަރުގެ ގޮނޑިއަށް ވާދަކުރައްވަން ނިންމެވިކަމަށްޓަކައި ރައީސް ވަނީ މޫސާ އަލީ ޖަލީލަށް ޝުކުރުވެސް ދަންނަވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޕީއެންސީގެ ކެނޑިޑޭޓް މޫސާ އަލީ ޖަލީލު

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު އެ ގޮނޑިއަށް ވާދަކުރައްވަނީ އެމަނިކުފާނު އެދިވަޑައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އިއްޔެ ބޭއްވި ކެމްޕެއިންގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޭޔަރު ކަމަށް ނުކުންނަން މޫސާ އަލީ ޖަލީލް ކައިރީ އެދިވަޑައިގަތީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކައުންސިލުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބިގެން، އިހުލާސްތެރިކަމާއި ހީވާގިކަމާއި އަދި ގައުމީ ޖޯޝާއެކު މަސައްކަތް ކުރައްވާނެ ބޭފުޅަކަށްވާތީ ކަމަށެވެ.

"އެމަނިކުފާނަކީ އަޅުގަނޑުގެ ޗޮއިސް. މިދެންނެވީ އަޅުގަނޑު އެމަނިކުފާނު ކައިރީ އެދިވަޑައިގަތީ، އަޅުގަނޑު ބައްދަލުކުރީ، ބައްދަލުކޮށްފަ ދެންނެވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގަ މާލެ ސިޓީގެ މޭޔަރުގެ ގޮނޑިއަށް ކުރިމަތިލައްވައި ދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ހުށަހެޅުން ގަބޫލުކުރައްވައި، މޭޔަރުގެ ގޮނޑިއަށް ވާދަކުރައްވަން ނިންމެވިކަމަށްޓަކައި ރައީސް ވަނީ މޫސާ އަލީ ޖަލީލަށް ޝުކުރުވެސް ދަންނަވާފަ އެވެ.

"ފަސްބައިގައި އެއްވެސް ކަހަލަ ހަޑިކަމެއް ނެތް، ހީވާގި ގައުމީ ޖޯޝު ހުރި ގައުމީވަންތަ ގައުމު ފަހުރުވެރިވާ ފަދަ ބޭފުޅެއް. އެހެންވެ އަޅުގަނޑު އެދުނީ ކުރިމަތިލެއްވުމަށް. އެކަން ގަބޫލު ކުރެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ. 

ރައީސް އިތުރަށް ވިދާޅުވީ، ގައުމުގައި މިހާރު އޮތީ ވަރަށް ބޮޑަށް ހަމަޖެހުން ގާއިމްވެފައި ކަމަށާއި، ރަށްރަށުގައި "ސިޔާސީ ސަކަރާތާއި ޖަގަޑާ ހަދަން" ކައުންސިލަރުން އިންތިހާބު ކޮށްގެން ނުވާނެ ކަމަށެވެ. މިއީ ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް ކަމަށާއި، އެހެންކަމުން ރައްޔިތުންނާއި ސަރުކާރުގެ ދެމެދަށް 'އިދިކީލަ' ވިސްނުންތަކެއް ވަނަ ނުދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.