ޑިސެމްބަރު މަހުގެ އަގުތައް ވަނީ 1.46% ދަށްވެފަ އެވެ. އަދި ގޭހުގެ އަގުތައް 0.19% ދަށްވިއިރު، ކާން ބޭނުންކުރާ ތެލުގެ ބާވަތްތަކުގެ އަގުތައް ވަނީ 0.04% ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަސް އަޅާކިޔާނަމަ އަސާސީ މުދަލުގެ އަގުތަކަށް 0.51 ޕަސެންޓްގެ އުފުލުމެއް އައިސްފައިވާ ކަމަށް ދައްކައިފި އެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރާ އަޅާބަލާއިރު މިއީ 0.95 ޕަސެންޓް އިތުރުވުމެކެވެ.
މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯއިން ނެރޭ، އަސާސީ ތަކެތީގެ އަގުތަކަށް އަންނަ ބަދަލު އަންގައިދޭ އީސީޕީއައި އިންޑެކްސް ދައްކާ ގޮތުގައި ނޮވެމްބަރު މަހާއި ޑިސެމްބަރު މަސް އަޅާކިޔާނަމަ އަސާސީ މުދަލުގެ އަގުތަކަށް 0.51 ޕަސެންޓުގެ ގެ އުފުލުމެއް އައިސްފައިވާ ކަމަށް ދައްކައިފި އެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރާ އަޅާބަލާއިރު މ ިއަދަދު ހުރީ 0.95 ޕަސެންޓުގެ އިތުރުވުމެއްގަ އެވެ.
ޑިސެމްބަރު މަހު އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ މަހުގެ އެވެ. މަހުގެ އަގުތައް ވަނީ 1.46 ޕަސެންޓް ދަށްވެފަ އެވެ. އަދި ގޭހުގެ އަގުތައް 0.19 ޕަސެންޓް ދަށްވިއިރު، ކާން ބޭނުންކުރާ ތެލުގެ ބާވަތްތަކުގެ އަގުތައް ވަނީ 0.04 ޕަސެންޓް ދަށްވެފަ އެވެ.
އީސީޕީއައި ދައްކާ ގޮތުން ކާބޯތަކެތީގެ ބޭރުން، ދިރިއުޅުމުގެ ހަރަދުތަކަށް އަސަރުކުރާނެ އެހެން ބާވަތްތަކުގެ ތެރޭން ޕާސަނަލް ކެއާގެ ގޮތުގައި ހިމެނޭ ސައިބޯންޏާއި ޝޭމްޕޫ ފަދަ ތަކެތީގެ އަގު ވަނީ 0.39 ޕަސެންޓް އުފުލިފަ އެވެ. ނަމަވެސް ކައްކާ ގޭހުގެ އަގު 0.19 ޕަސެންޓް ދަށްވި ނަމަވެސް، ޖުމްލަ ހަކަތައިގެ ބައިން ދަށްވީ އެންމެ 0.04 ޕަސެންޓް އެވެ.