ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ފަށައިފި

ސީޕްލޭން ދަތުރުތަކުގެ ޓިކެޓް އަގަކީ ދިވެހިންނަށް ކޮޅަށް 999 ރުފިޔާ އަދި ޓޫރިސްޓުންނަށް ކޮޅަށް 93 ޑޮލަރެވެ.

މޯލްޑިވިއަންގެ ސީޕްލޭންއެއް: ވެލިދޫގައި ވަނީ އެ ހިދުމަތް މިއަދު ފަށާފައި --

ނ. ވެލިދޫގައި މޯލްޑިވިއަންގެ ސީޕްލޭންގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި  ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން މޯލްޑިވިއަންގެ ވެރިން ވަނީ ބައިވެރިވެފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީ ޓޫރިޒަމްގެ އިތުރުން އާންމުގެ އަސާސީ ކަންކަން ފަސޭހަވެގެން ދިއުމަށް ހުޅުވުނު މުހިންމު ދޮރެއް ކަމަށެވެ. ވިޔަފާރިވެރިންނަށްވެސް މީގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ދަތުރުތަށް ފެށުމަށް ވެލިދޫގައި ވަނީ ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށްފަ އެވެ. އަދި ވެލިދޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމަށާއި ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ހާއްސަ ލައުންޖެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ސީޕްލޭން ދަތުރުތަކުގެ ޓިކެޓް އަގަކީ ދިވެހިންނަށް ކޮޅަށް 999 ރުފިޔާ އަދި ޓޫރިސްޓުންނަށް ކޮޅަށް 93 ޑޮލަރެވެ.

ސީޕްލޭންގެ ހިދުމަތް ވެލިދޫގައި ފެށުމާއެކު މިއަދު މެންދުރު 2:40 ގައި ފުރަތަމަ ފްލައިޓް ވަނީ މާލެ ގޮސްފަ އެވެ. އެ ފްލައިޓުގައި 15 ފަސިންޖަރުން ވަނީ ދަތުރުކޮށްފަ އެވެ.

ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެކަން ކޮށްދެއްވާނެކަން އެމަނިކުފާނު އިއުލާނު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.