ރޯދަ ހަދިޔާއަށް މަސްދަޅު ކޭސް ބަހަން ހޮނިހިރުގައި ފަށަނީ

އާދަމް ޝަރީފް ވިދާޅުވީ މި އަހަރުގެ ރޯދަ މަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ. އެއީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ.

މިދިޔަ ރޯދަ މަހު އަތޮޅުތެރޭގައި މަސްދަޅު ކޭސް ދޫކުރަނީ

އަންނަ މަހު ފެށޭ ރޯދަ މަހާ ދިމާކޮށް، ކޮންމެ ގޭބީސީއަކަށް ހިލޭ ބަހާ މަސްދަޅު ކޭސް ދޫކުރަން އަންނަ ހޮނިހިރު ދުވަހު ފެށޭނެ ކަމަށް، ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެކަމާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅުކޭސް ބެހުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. 

އެގޮތުން، މަސްދަޅު ކޭސް ބެހުމަށް ހާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00ން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މި އަހަރުގެ ރޯދަ މަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ. އެއީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ. 

ހުރިހާ ގޭބިސީއަކަށްވެސް ރޯދަ ހަދިޔާ ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް 15 ތަނަކުން ދޫކުރާނެ އެވެ. އެއީ މާލޭގެ 8 ސަރަހައްދަކާއި ހުޅުމާލެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ 1 ސަރައްދުންނެވެ. އެއީ މާލެ ސަރަހައްދުގައި ކޮންމެ ފެން މީޓަރަކަށް ބަލައިގެންނެވެ. 

ރަށްރަށުގައި ކައުންސިލްތަކާ ގުޅިގެން އެސްޓީއޯ އިސްކޮށް ތިބެ މަސްދަޅު ބެހުމުގެ މަސައްކަތް ކުރާނީ، އެ ރަށަކުން މިހާރު ދީފައިވާ ގޭބިސީތަކުގެ ލިސްޓުގައި ހިމެނޭ ގޭބިސީތަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.