މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމްޖަދު 5 ދުވަހަށް އަދި ނާއިފް ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު މާލެއިން ހައްޔަރު ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި، ބުލާފަރުގެ، އަމްޖަދު ރިގާބް 36، އަދި ށ. ނޫމަރާ، މޯނިންސްޓާ، މުހައްމަދު ނާއިފް 28،އެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ބަރުދަން 266.29 ގްރާމެވެ. ނަމަވެސް ފެނުނު ފައިސާގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމްޖަދު 5 ދުވަހަށް އަދި ނާއިފް ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.