އައިންތު މިސް މިއަދު ނިޔާވެފައިވަނީ މެލޭޝިއާގަ އެވެ. މިސްއާއެކު މަސައްކަތް ކުރެއްވި ޓީޗަރުންނާއި ގިނަ ދަރިވަރުން ދަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށް، ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ކުރަމުންނެވެ.

ތައުލީމީ ދާއިރާއަށް ދިގުމުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ އާމިނަތު ހަސަން (އައިންތު މިސް) ނިޔާވެއްޖެ އެވެ.
އައިންތު މިސްއަކީ ތައުލީމީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އަމީނިއްޔާ ސްކޫލުގެ ޓީޗަރެއްގެ މަގާމުގަ އެވެ.
އުމުރުން 58 އަހަރުގައި އައިންތު މިސް ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އައިންތު މިސް ނިޔާވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅުގަ އެވެ.
މިސްއާއެކު މަސައްކަތް ކުރެއްވި ޓީޗަރުންނާއި ގިނަ ދަރިވަރުން ދަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށް، ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ކުރަމުންނެވެ.
"އެތައް ގޮތަކުން އަޅުގަނޑުމެން ދެމީހުން ގުޅެއެވެ. މިޒަޖު ދާދިއެއްގޮތެވެ. އެހެނަސް އައިންތުގެ މަޖާ މިޒާޖު މާ މަޖާ ވާނެއެވެ. އަޅުގަނޑު ކިޔަނީ ކޮއްކޯފުޅެވެ. އައިންތު ގޮވާނީ ދައިތާފުޅާއޭ ކިޔާފައެވެ. މިހެން ގޮވާ އެހެން ކުއްޖަކު ނުހުރެއެވެ. އެ އަޑު އަބަދަށްޓަކައި ކެނޑުނީއެވެ." އައިންތު މިސްގެ ގާތް ބޭފުޅަކު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
އައިންތު މިސް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިލައްވާފަ އެވެ. މާފަންނު މެދު ދާއިރާއަށް ކުރިމަތިލެއްވީ ވަރުގަދަ އެޖެންޑާއަކާއެކު އެވެ. އެގޮތުން ހަތަރު ދުވަސް މަސައްކަތްކޮށްފައި ތިން ދުވަސް ޗުއްޓީއާ ދިއުމަށް ވަކާލާތު ކުރެއްވި އެވެ. ނަމަވެސް އިންތިހާބުގައި ކާމިޔާބުވާ ގޮތް ނުވީ އެވެ.
އައިންތު މިސް ވަކިވެގެން ދިއުމަކީ މުޅި ތައުލީމީ ދާއިރާއަށްވެސް ލިބުނު ނިކަމެއްތި ކަމެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.