ޕްރޯއޭސީއިން އޭސީތަކަށް ދެ އަހަރުގެ ވޮރަންޓީއެއް ލިބެ އެވެ. މި ކުންފުނިން ފޯރުކޮށްދެނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އޭސީއެވެ. އެންމެ ބޮޑު ޔަގީން ކަމަކީ ރާއްޖޭގެ ހަމައެކަނި އައިއެސްއޯ ސެޓިފައިޓް އޭސީ ކުންފުންޏަށްވުމެވެ.

އޭސީ ހިދުމަތް ދޭ މީހުން ބައިވަރެވެ. އޮންލައިން ޕްލެޓްފޯމްތައް ބަލައިލާނަމަ ނަން ހުސްކޮށް އެކި ނަންނަމުގައި މި ހިދުމަތުގައި ގިނަ ބަޔަކު އެބަތިއްބެވެ. އެކަމަކު މަދު ބަޔަކަށް ނޫނީ ކަސްޓަމަރުން ނުވަތަ ހިދުމަތް ހޯދަން ތިބޭ މީހުންނާއި ގާތަށް ގޮސް ހިދުމަތެއް ނުދެވެ އެވެ. އެހެންވެ އެ ހުސްކަން ފުރާނެ ބަޔަކު ބޭނުވެފައިވަނިކޮށް 2018 ވަނަ އަހަރު އޭސީގެ ހިދުމަތަށް 100 ޕަސެންޓް ދިވެހި ކުންފުންޏެއް ކަމަށްވާ ޕްރޯއޭސީ އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑެވެ. މި ކުންފުނި ރާއްޖޭގައި ހިދުމަތް ފަށާފައިވަނީ ރާއްޖޭގެ ފުރަތަމަ އެޗްވީއޭސީ އޭސީ ސާވިސް ކުރާ ކުންފުނީގެ ގޮތުގަ އެވެ. މި ކުންފުނީގެ ހިދުމަތުގެ އެންމެ ހާއްސަ ކަމަކީ އޭސީގެ ހިދުމަތުން އައިއެސްއޯ 9001 ސެޓިފައިޑްވެފައިވާ ހަަމައެކަނި ދިވެހި ކުންފުނީގެ ޝަރަފު ޕްރޯ އޭސީގައި އޮތުމެވެ.
ޕްރޯ އޭސީ މި ހިދުމަތަށް ނުކުތުން ވެގެން ދިޔައީ އޭސީގެ ސާވިސް އަށް ޒަމާނީ އިންގިލާބީ ބަދަލެއް ގެނެސް ދިން ކަމަށެވެ. ޕްރޯއޭސީ އިން މިހާރު މިވަނީ މި ވިޔަފާރީގައި އ ބެންޗްމާކެއް ސެޓްކޮށްފަ އެވެ. މި ކާމިޔާބީ ހޯދަން އެ ކުންފުނިން ކުރި ކަމަކީ އޭސީގެ ހިދުމަތަކީ ހަމައެކަނި ވިޔަފާރިއެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި ކަސްޓަމަރުންނަށް ދޭ ހިދުމަތެއް ގޮތުގައި ވިޔަފާރި ބައްޓަން ކުރުމެވެ. މި މަސައްކަތާއެކު ފުރަތަމަ އޭސީހަރުކުރުމާ ހަމައިން ކަސްޓަމަރާ ގާތުން ހިދުމަތް ދޭން ފެށި އެވެ. އޭސީ އެއް ހަރު ކުރުމުގެ ކުރިން އެ ކުންފުނިން އެކަމުގެ ފުރިހަމަ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދެ އެވެ. އޭސީ ހަރުކުރުމުގެ ކުރިން ޕްރޯއޭސީގެ ޓީމެއް އެ ހަރުކުރާ ތަނަށްގޮސް ސާވޭކުރެ އެވެ. އަދި އޭސީ ބަހައްޓަން އެންމެ ރަނގަޅުތަކާއި އެންމެ ރަނގަޅު އޭސީއަކީ ކޮބައިކަން އެ ފަރާތަކަށް ކިޔައިދެ އެވެ. ޕްރޯއޭސީ ރާއްޖޭގެ ފުރަތަމަ އައިއެސްއޯ ސެޓިފައިޓް އޭސީ ކުންފުނީގެ ގޮތުގައި ދެމި އޮތުމުގެ މައިގަނޑު އެއް ސިއްރަކީ މި ފުރިހަމަ ހިދުމަތެވެ.
މި ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އޮތް އަނެއް ހިތްހަމަ ޖެހުމަކީ ދުނިޔޭގެ މަޝްހޫރު ހިޓާޗީ އާއި އެލްޖީީ އޭސީތައް ޕްރޯއޭސީ އިން ފޯރުކޮށް ދިނުމެވެ. އަދި ވޮރަންޓީ ލިބުމަކީ ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމަކަށްވުމެވެ.
ޕްރޯއޭސީއަކީ އޭސީ ހިދުމަތުގައި "ވަން ސްޓޮޕް" ސޮލިއުޝަން ދޭ ބައެކެވެ. މި ވިޔަފާރީގައި ޕްރޯއޭސީ ގިނަ ބައެއްގެ އިތުބާރު ލިބިގެން ދިޔަ މައިގަނޑު ސަބަބަކީ އެ ކުންފުނީގެ މި ހިދުމަތްތަކެވެ. މިގޮތުން އީއެމްޕީ ސޮލިއުޝަން ފޯރުކޮށް ދިނުމެވެ. އީއެމްޕީ މަސައްކަތުގައި މެކޭނިކަލް އާއި އިލެކްޓްރިކަލް މަސައްކަތުގެ އިތުރުން ޕްލަމްބިން ހުރިހާ މަސައްކަތްތަކެއް ވެސް ހިމެނެ އެވެ.
މިހާރު ޕްރޯއޭސީ އިން ރާއްޖޭގެ ދެ ސަރަހައްދެއްގައި ހިދުމަތް ދެ އެވެ. އަދި މި މަސައްކަތުގައި 70 އަށްވުރެ ގިނަ ހުނަރުވެރި މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ނަތީޖާއަކީ އާއްމު ގޭބިސީތަކުގެ އިތުރުން ރާއްޖޭގެ ގިނަ އަދަދެއްގެ ވިޔަފާރިތަކުން ޕްރޯއޭސީގެ ހިދުމަތް ބަލައިގަތުމެވެ. މިގޮތުން 150 އަށްވުރެ ގިނަ ބޮޑު މަޝްރޫއު ކާމިޔާބުކަމާއެކު ވަނީ ނިންމާލާފަ އެވެ. މީގެތެރޭގައި ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކާއި ސަރުކާރުގެ ބޮޑެތި އޮފީސްތައް ވެސް ހިމެ އެެވެ. ޕްރޯއޭސީގެ ޕްރޮފެޝަނަލް ހިދުމަތް ބަލައިގެންފަ އެވެ.

ޕްރޯއޭސީ އިން މި ހިދުމަތް ދެމުން ގެންދަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކާ ގުޅިގެންނެވެ. އެޗްވީއޭސީ ދާއިރާގައި ދުނިޔޭގެ ކުރިއަރާފައިވާ ހިޓާޗީ އާއި އެލްޖީ ފަދަ ކުންފުނިތަކާއެކު އޮތް ވަރުގަދަ ގުޅުމެއް މި ކުންފުނިން އޮވެ އެވެ. މީގެ ނަތީޖާއަކީ ކޮންމެ ހާލަތަކަށް ވެސް އެންމެ ޒަމާނީ ފުރިހަމަ ހިދުމަތް ފޯރުކޮށްދޭން ފުރުސަތު ލިބުމެވެ. މީގެ އެއް ހެއްކަކީ އެލްޖީގެ އިސްވެރިން ރާއްޖެ ވަޑައިގެން ޕްރޯއޭސީގެ "ދަ އެޕްލަޔަންޓް ސްޓޯ" ހުޅުވާފަ އެވެ. ހުޅުމާލޭ ހިތިގަސްމަގު ރޯހައުސް ތިރީގައި ހުޅުވި މި ޝޯރޫމުން އޭސީގެ ފަހުގެ ޓެކްނޮލޮޖީ ފެނިގެންދެ އެވެ.
ޕްރޯއޭސީ އިން ދައްކުވައި ދެނީ ހިދުމަތުގެ ފުރިހަމަ މިސާލެކެވެ. ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކާއެކު އޭސީގެ އައިއެސްއޯ ސެޓްފިކެޓް ދެމެހެއްޓުން ވެގެންދާނީ އެހެން ކުންފުނިތަކަށްވެސް މިސާލެކެވެ