ތައި ފައިސާގެ އަގު އުފުލުމުން އެކްސްޕޯޓް ދާއިރާއަށް ބޮޑު ނުރައްކަލެއް

ތައިލޭންޑްގެ އިގްތިސާދުގެ 60-70 އިންސައްތަ ހިއްސާކުރަނީ އެކްސްޕޯޓް ދާއިރާ ކަމަށްވާއިރު، ފައިސާގެ އަގު ގަދަވުމަކީ މުޅި ގައުމުގެ އުފެއްދުންތެރިކަމަށް އަންނަ ލޮޅުމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެ އެވެ.

ތައިލޭންޑްގެ ގައުމީ ފައިސާ "ބާތު" ގެ އަގު އެމެރިކާ ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އުފުލެމުންދާތީ، އެކަމުގެ ސަބަބުން އެ ގައުމުގެ އެކްސްޕޯޓް ދާއިރާއަށާއި ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމުގެ އިންޒާރު އިގްތިސާދީ މާހިރުން ދީފި އެވެ.

ތައި ފުޑް ޕްރޮސެސާސް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ބާތުގެ އަގު ވަނީ ހަތް އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފަ އެވެ. މީގެ ސަބަބުން ތައިލޭންޑުން ބޭރުކުރާ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ކާބޯތަކެތީގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވެ، ވިއެޓްނާމާއި ޗައިނާ ފަދަ ވާދަވެރި ގައުމުތަކާ ކުރިމަތިލުމުގައި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ތައިލޭންޑްގެ އިގްތިސާދުގެ 60-70 ޕަސެންޓް ހިއްސާކުރަނީ އެކްސްޕޯޓް ދާއިރާ ކަމަށްވާއިރު، ފައިސާގެ އަގު ގަދަވުމަކީ މުޅި ގައުމުގެ އުފެއްދުންތެރިކަމަށް އަންނަ ލޮޅުމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެ އެވެ.

ތައިލޭންޑްގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ވިތައި ރަތަނަކޯން ވިދާޅުވި ގޮތުގައި، ބާތުގެ އަގު އުފުލެން ދިމާވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު އުފުލުމެވެ. ތައިލޭންޑްގެ ފޮރިން އެކްސްޗޭންޖް މުއާމަލާތްތަކުގެ 35 ޕަސެންޓަކީ ރަނާ ގުޅުންހުރި މުއާމަލާތްތަކެވެ. މީގެ އިތުރުން ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ސަބަބުން ވެސް ފައިސާގެ އަގަށް ބަދަލުތައް އަންނަަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ތައި މަރުކަޒީ ބޭންކުން ފިޔަވަޅުތަކެއް

  •  ޓެކްނޮލޮޖީ ބޭނުންކުރުން: އުފެއްދުންތެރިކަން އިތުރުކޮށް، ޚަރަދު ކުޑަކުރުމަށް އާ އުކުޅުތައް ބޭނުންކުރުން
  •  އަގު މުރާޖައާކުރުން: ކްލަޔަންޓުންނާ ވާހަކަދައްކައިގެން މުދަލުގެ އަގުތަކަށް ބަދަލު ގެނައުން
  •  ސަރުކާރުގެ އެހީ: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޮރިން އެކްސްޗޭންޖް ރިސްކް މެނޭޖްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

ސެންޓްރަލް ބޭންކުން މިހާރު ދަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ކުރާ ރަނުގެ މުއާމަލާތްތައް މޮނިޓަރކޮށް، ވަކި މިންވަރަކަށްވުރެ ގިނައިން ކުރާ މުއާމަލާތްތައް ރިޕޯޓްކުރަން ޖެހޭ ގޮތަށް އުސޫލުތައް އެކުލަވާލަމުންނެވެ.

އިގްތިސާދީ މާހިރުން ދެކޭގޮތުގައި ބާތުގެ އަގު 33 ބާތު (ޑޮލަރެއް) ގައި ހިފެހެއްޓުމަކީ އެކްސްޕޯޓަރުންނަށް އެންމެ އެކަށީގެންވާ މިންވަރެވެ. ނަމަވެސް މިހާރު އަގު ހުރީ 31 ބާތަށްވުރެ މަތީގަ އެވެ. މިއީ ފަތުރުވެރިން ވެސް ތައިލޭންޑްގެ ބަދަލުގައި އަގުހެޔޮ އަވަށްޓެރި އެހެން ގައުމުތަކަށް ދިއުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށް ފެޑެރޭޝަން އޮފް ތައި އިންޑަސްޓްރީޒް އިން ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.