އާ ޓާމިނަލް ހުޅުވިޔަސް މިދިޔަ އަހަރު ޖެޓްފިއުލްގެ ވިޔަފާރި ދަށް

ރާއްޖޭން 2024 ގެ އޮކްޓޫބަރު މަހު ވަނީ 15 މިލިއަން ޑޮލަރުގެ ޖެޓްފިއުލް ވިއްކާފަ އެވެ. ނަމަވެސް 2025 ގެ އޮކްޓޫބަރު މަހު ވިއްކީ 11.1 މިލިއަން ޑޮލަރުގެ ޖެޓްފިއުލެވެ.

ވީއައިއޭގެ އާ ޓާމިނަލަށް ގަތަރު އެއާވޭސްގެ ބޯޓެއް ކައިރި ކުރަނީ -- އެމްއޭސީއެލް

ރާއްޖެ އޮތްތަނުގެ ގޮތުން އިސްތިރާޖީ ފައިދާއެއް ނަގަން ރީއެކްސްޕޯޓް ވިޔަފާރި ފުޅާ ކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނަމުން ދިޔަ އެވެ. ހާއްސަކޮށް ރާއްޖޭގައި ފުރިހަމަ އިންޓަނޭޝަނަލް ޓާމިނަލެއް އެޅުމުން ޖެޓް ފިއުލް ވިއްކާ މިންވަރު އިތުރުކުރަން ފުރުސަތު ހުޅުވޭނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވެ އެވެ. ސަބަބަކީ އެއާޕޯޓުގައި މަތިންދާ ބޯޓަށް އަޅާ ތެޔޮ ނުވަތަ "އޭވަން ފިއުލް" ރައްކާކުރުމުގެ ވަސީލަތް އިތުރުކޮށްފައިވުމެވެ. ނަމަވެސް ތަފާސް ހިސާބު ތަކުން ފެންނަނީ އެހެން މަންޒަރެކެވެ. ރާއްޖޭގެ ރީއެކްސްޕޯޓުގެ ބޮޑުބައެއް ހިއްސާ ކުރާ ޖެޓްފިއުލް ވިއްކި އަދަދު މިވަނީ ދަށްވެފަ އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ރީ-އެކްސްޕޯޓް 202.6 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު މިއަދަދު ވަނީ 105.8 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. ނަމަވެސް 2021 -2023 އޭގެ ފަހުން ރީ-އެކްސްޕޯޓް ދިޔައީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެގޮތުން 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 242.0 މިލިއަން ޑޮލަރަށް އުފުލިފަ އެވެ. އަދި 2024 ވަނަ އަހަރު ރީ-އެކްސްޕޯޓް ވަނީ ވަރަށް ބޮޑަށް އިތުރުވެ، 301.8 މިލިއަން ޑޮލަރަށް ޖެހިލާފަ އެވެ.

މި ވިޔަފާރީގެ މައިގަނޑު ބަޔަކީ މަތިންދާ ބޯޓަށް އަޅާ ތެޔޮ ނުވަތަ ޖެޓް ފިއުލް ވިއްކުމެވެ. ބޮޑު ބަޔަކީ ރީ-އެކްސްޕޯޓްގެ ބޮޑު ބަޔަކީ ބޭރުގެ އެއާލައިންތަކަށް ވިއްކާ ޖެޓް ފިއުލް އެވެ. މިގޮތުން 2024 ވަނަ އަހަރު ޖެޓް ފިއުލް ރީ-އެކްސްޕޯޓްގެ ގޮތުގައި 214.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ރީ-އެކްސްޕޯޓަށް އައިސްފައިވާ ބަަދަލު

  •  ޖެނުއަރީ - 15.3
  •  މެއި - 15.7
  •  އޯގަސްޓް - 19.4
  •  ސެޕްޓެމްބަރު - 17.4
  •  އޮކްޓޫބަރު - 13.0

ނަމަވެސް ތަފާސް ހިސާބުތަކުން ދައްކަނީ މިހާރު މި އަދަދު ދަށްވަމުންދާ ތަނެވެ. ދިވެހިންގެ އަތުން މި ވިޔަފާރީގެ މުގޫ ދޫވަމުންދާ ތަނެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު 2025 ގެ ނިޔަލަށް ބަލާނަމަ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު، ޖެޓްފިއުލްގެ ރީ-އެކްސްޕޯޓް ވަނީ 11.3 ޕަސެންޓް ދަށްވެފަ އެވެ. ރާއްޖޭން 2024 ގެ އޮކްޓޫބަރު މަހު ވަނީ 15 މިލިއަން ޑޮލަރުގެ ޖެޓްފިއުލް ވިއްކާފަ އެވެ. ނަމަވެސް 2025 ގެ އޮކްޓޫބަރު މަހު ވިއްކީ 11.1 މިލިއަން ޑޮލަރުގެ ޖެޓްފިއުލެވެ. 

ދަށްވި ސަބަބެއް - ޖެޓްފިއުލް ވިޔަފާރި ދަށްވުގައި ގިނަ ސަބަބުތަކެއް ހިމެނެ އެވެ. މިގޮތުން އެއް ސަބަބަކީ ފަތުރުވެރިކަމުގެ ސީޒަނަށް މިދިޔަ އަހަރު އައި ބަދަލެވެ.  ޖެޓް ފިއުލް ރީ-އެކްސްޕޯޓަކީ ރާއްޖެއަށް އަންނަ ބައިނަލްއަގުވާމީ އެއާލައިންތަކަށް ތެޔޮ އެޅުމެވެ. ރާއްޖޭގެ އޮފް-ސީޒަން ކަމަށްވާ އަހަރުގެ މެދުތެރޭގައި (މޭ، ޖޫން، ޖުލައި) ރާއްޖެއަށް އަންނަ ފްލައިޓްތައް މަދުވުމުން ތެޔޮ ވިއްކޭ މިންވަރު މަދުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.