މި މަސައްކަތުގެ ދަށުން ސްޓެލްކޯއިން ވަނީ މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4,000 ފްލެޓަށް ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފި އެވެ.
ސްޓެލްކޯއިން ބުނީ ފްލެޓުތަކަށް ކަރަންޓު ދޭން އެ ކުންފުނިން ކުރިއަށްގެންދިޔަ އެންމެހާ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ދަށުން ސްޓެލްކޯއިން ވަނީ މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ވަނީ ފުރިހަމަކުރެވިފައިވަ އެވެ.
ސަރުކާރުގެ ކުންފުނި ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން އަޅާފައިވާ 4000 ފްލެޓަށް މިހާރު ވަނީ މީހުން ވަންނަން ފަށާފަ އެވެ. މި ފްލެޓުތައް އިމާރާރްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޭން ކުރިއަށް ގެންދިޔަ މަޝްރޫގެ ދަށުން އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެންބީސީސީ އާއި ޖޭއެމްސީ އިން ފްލެޓު އަޅާފައިވެ އެވެ. މި ފްލެޓްތަކުގައި 3 ކޮޓަރީގެ އެޕާޓްމަންޓުގައި ގާތްގަނޑަކަށް 900 އަކަފޫޓު ހުރެ އެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓުގެ ސައިޒަކީ ގާތްގަނޑަކަށް 650 އަކަފޫޓެވެ.