މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 22 ވަނަ ދުވަހެވެ.އަދި ބައިވެރިވެވޭނީ ގްރޭޑް 8 އާއި 10 ގެ ދަރިވަރުންނަށެވެ.

ގްލޯބަލް މަނީ ވީކް 2026 ފާހަގަކުރުމުގެ ގޮތުން، ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހާއްސަ މަޒުމޫނު ލިޔުމުގެ މުބާރާތެއް ބޭއްވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ފައިސާއާ މެދު ޒުވާނުން ދެކޭގޮތާއި، މާލީ ނިންމުންތަކުގެ ސަބަބުން ދިރިއުޅުމަށް އަންނަ ބަދަލުތަކާ މެދު ފުންކޮށް ވިސްނާ، އެކަންކަން ލިޔުންތެރިކަމުގެ ޒަރީއާއިން ހިއްސާކުރުމުގެ ފުރުސަތު ދިނުމެވެ. މި އަހަރުގެ މައުޟޫއޫއަކީ ފައިސާއާ މެދު ތިބާ ދެކޭގޮތް ބަދަލުކޮށްލި ހާދިސާއެއް ނުވަތަ "މާލީ ނިންމުމެއްގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރެއްގެ މައްޗަށް ލިޔާ ލިޔުމެކެވެ.
މި މުބާރާތުން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެމްއޭ އިން ބުނީ މި މުބާރާތުގެ ސަބަބުން ޒުވާނުން މާލީ ކަންކަމަށް އަހުލުވެރިވެ، މުސްތަގުބަލުގައި ރަނގަޅު މާލީ ނިންމުންތައް ނިންމުމަށް ބާރަކަށް ވާނެ އެވެ. މި މުބާރާތާ ބެހޭ އިތުރު މައުލޫމާތާއި، ބައިވެރިވާންވީ ގޮތުގެ ތަފްސީލު އެމްއެމްއޭގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިހާރު ލިބޭނެ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 22 ވަނަ ދުވަހެވެ. އަދި ބައިވެރިވެވޭނީ ގްރޭޑް 8 އާއި 10 ގެ ދަރިވަރުންނަށެވެ. އިނާމުގެ ގޮތުގައި 3،000ރ. ދޭނެ އެވެ.
ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ.