ބޯހިޔާވަހިކަން އެންމެންނަށް | 12،000 ފްލެޓުގެ މަސައްކަތް މި އަހަރު ފަށާނެ

އަޅުގަނޑުގެ އުއްމީދަކީ މިއަހަރުގެ ތެރޭގައި 12000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެން ދިއުމޭ ޖުމްލަކޮށް. އެއީ އެއްވެސް ސަރުކާރެއްގައި މިހާތަނަށް މަސައްކަތް ނުކުރެވޭ އަދަދެއް.

ބޯހިޔާވަހިކަން އެންމެންނަށް- އާއިލީ ބޯހިޔާވަހިކަން ސިޔާސަތު ލޯންޗްކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއްތަލިބް. --ފޮޓޯ: ހައުސިން މިނިސްޓްރީ

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް މި ސަރުކާރުން ރާވާފައިވާ ޕްލޭންގެ ދަށުގައި ހިމެނޭ، 12،000 ފްލެޓު އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، މުއްތަލިބު ވިދާޅުވީ، ރާއްޖޭގައި ހުރި ބޭންކުތަކުން ލެންޑްކުރާ ފައިސާގެ 10-15 ޕަސެންޓް، 5-6 ޕްރޮފިޓް ރޭޓެއްގައި ހައުސިންނަށް ކަނޑައަޅަން ނިންމީ، އިގުތިސާދީ ހާލަތު ހުރި ގޮތުން، މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި ހުރި ދަތިތަކުގެ ހައްލެއްގެ ގޮތަށް ކަމަށެވެ. 

އެ އުސޫލުގެ ދަށުން ހުޅުމާލެ އާއި ވިލިމާލޭގައި 3،300 އެފޯޑަބަލް ހައުސިން ފްލެޓް އަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްފައިވާއިރު، މި މަސް ތެރޭގައި ބައެއް ތަންތަނުގެ މޮބިލައިޒޭޝަން މަސައްކަތް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މުއްތަލިބު ވިދާޅުވި ގޮތުގައި، ބީއެމްއެލްގެ މި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމޭނެ ކަމަށް ލަފާކުރެވެ އެވެ.

މީގެއިތުރުން، އިންޑިއާގެ ސަރުކާރުގެ އެހީގައި ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ކުރިއަށް ގެންދާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ވެސް މިހާރު ވަނީ ހަމަޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ސައުދީގެ އެހީގައި އަޅާ 400 ފްލެޓުގެ މަސައްކަތް ވެސް އެބަ ކުރިއަށްދާ ކަމަށާއި ޗައިނާގެ އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން 500 ހައުސިން ޔުނިޓް އެޅުމުގެ ތައްޔާރީތައް ވެސް އެބަ ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ މިއަހަރުގެ ތެރޭގައި 12000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެން ދިއުމޭ ޖުމްލަކޮށް. އެއީ އެއްވެސް ސަރުކާރެއްގައި މިހާތަނަށް މަސައްކަތް ނުކުރެވޭ އަދަދެއް. އަޅުގަނޑުމެން އިސްކަން ދެނީ ވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތައް އަޅައިގެން ކުރިއަށް ގެންދިއުމަށް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.