ޗާގޯސްގެ މައްޗަށް އެންމެ ބޮޑު ހައްގެއް އޮތީ ރާއްޖެއަށް | ޔޫކޭގެ ނިންމުމާ ރައީސް ދެކޮޅު

"މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޔޫކޭގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓާ ރައީސް ބައްދަލުކުރައްވަނީ --

ޗާގޯސް ޖަޒީރާ ރަށްތަކުގެ މައްޗަށް، ތާރީހުން ބެލިނަމަވެސް، އެންމެ ބޮޑު ހައްގެއް ލިބޭ ގައުމަކީ ރާއްޖެކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ވަކިކޮށް، ގާއިމުކުރި އަސްކަރީ މަރުކަޒު އެމެރިކާއަށް ކުއްޔަށް ދޭން ނިންމީ 1965 ވަނަ އަހަރެވެ.

ޗާގޯސްގެ ޖަޒީރާ ރަށްތައް އަނބުރާ މޮރިޝަސް އާ ހަވާލުކުރަން އިނގިރޭސިވިލާތުން މިހާރު ވަނީ ނިންމައިފަ އެވެ.

މި އެއްބަސްވުމުގެ ސީދާ ތަފްސީލެއް ރަސްމީކޮށް އަދި ހާމަކޮށްފައިނުވިޔަސް، މޮރިޝަސްއަށް ޗާގޯސް ރަށްތައް އަނބުރާ ދިނަސް، އެ ޖަޒީރާގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއޭގޯ ގާސިއާ ނޫނީ ފޯޅަވަހީގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު އެ ރަށުގައި ބާއްވަން ވަނީ ހިމަނައިފަ އެވެ. 

ޔޫކޭގެ ޑެއިލީ އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި، ރައީސް ވަނީ ޗާގޯސްގެ ތާރީހަށް ބެލިޔަސް، ރާއްޖެއާ އެކު އޮތް ގުޅުން ސާފުކޮށް ފެންނަން އޮންނާނެ ކަން ފާހަގަކުރައްވައިފަ އެވެ.

ޗާގޯސްގައި ދިވެހި ބަހުން ލިޔެފައިވާ މަހާނަގާ ފެނިފައިވާއިރު، އެތަނުގައި އޭރުގެ ވަޒަންވެރިން ރާއްޖެއާ އެކު އޮތް ގުޅުންތައް ތާރީހުގައި ލިޔެވިފައި އެބަހުއްޓެވެ.

"މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޗާގޯސް އާ ގުޅޭގޮތުން ރާއްޖޭން ގެންގުޅޭ ވިސްނުމާއި ކަންބޮޑުވުންތައް، ރަސްމީކޮށް އިނގިރޭސި ސަރުކާރާ ހިއްސާކުރެވިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގެ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން 44،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާ ކަަމަށް އޭރުގެ އިދިކޮޅު ޕާޓީތަކާއި ކުރީގެ ބައެއް ބަންޑާރަ ނާއިބުން ގެންދެވީ ވިދާޅުވަމުންނެވެ. 

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނާ ބޭފުޅުންގެ ނަަޒަރުގައި އެ ނިންމުން އައުމުގައި ރައީސްގެ ސިޓީގެ ދައުރު ވަރަށް މުހިންމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.