ދިވެއްސަކު ކަނޑުއަޑީގައި 450 ކިލޯމީޓަރުގެ ތާރީހީ ދަތުރެއް ކުރަނީ

މި 15 ދުވަހުގެ މި ދަތުރުގެ ތެރޭގައި ޝަފްރާޒް ނައީމް މަޑުކުރުމަށް ރޭވިފައިވާ ބައެއް މުހިންމު މަންޒިލްތަކަކީ އުތުރުގެ އަތޮޅުން ފުރަތަމަ ފިޔަވަހީގައި ހއ، ހދ، އަދި ށ. އަތޮޅުގެ ކަނޑުއަޑީގެ ރީތިކަން ބަލާލާނެ އެވެ.

މި ހަރަކާތަކީ މަޝްހޫރު ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ކުރާ ދިގު ދަތުރެއް

ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދުނިޔެއަށް އިޝްތިހާރު ކުރުމަށާއި ކަނޑުއަޑީގައި ދިގު ރާސްތާއެއް ކަޑައްތުކޮށް، އާ ރެކޯޑެއް ގާއިމުކުރުމަށް ހިންގާ ތާރީހީ ހަރަކާތް "އެކްރޮސް މޯލްޑިވްސް" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި ހަރަކާތަކީ މަޝްހޫރު ދިވެހި ޑައިވަރު ޝަފްރާޒް ނައީމް އިސްވެ ހުރެ، އަންނަ ހުކުރު ދުވަހުން ފެށިގެން ފެށުމަށް ހަމަޖެހިފައިވާ އާދަޔާހިލާފު ދަތުރެކެވެ. ތާރީހީ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުން ހއ. އަތޮޅުންނެވެ. އެތަނުން ފެށިގެން ދެކުނަށް، ރާއްޖޭގެ އެކި އަތޮޅުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަޑަތުކުރަމުން ދަތުރު ކުރިއަށްދާނެ އެވެ.

މަގުސަދާއި މުހިންމުކަން - މި ދަތުރުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަކީ ކަނޑުއަޑީގެ ތަފާތު ތަޖުރިބާތައް ކުރަން ބޭނުންވާ ފަތުރުވެރިންނަށް ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން އިޝްތިހާރުކުރުމެވެ. މީގެ އިތުރުން ދިވެހިންނާއި ކަނޑާ އޮތް ގާތް ގުޅުމާއި ސަގާފީ އަގުތައް މި ހަރަކާތުގެ ތެރެއިން ދައްކުވައިދޭނެ އެވެ.

ދަތުރުގެ ތަފުސީލެއް

  •  ރާސްތާ: ކަނޑުއަޑިން 450 ކިލޯމީޓަރަށްވުރެ ދިގު ސަރަޙައްދެއް ކަޑަތުކުރާނެ
  •  މުއްދަތު: ގާތްގަނޑަކަށް 15 ދުވަހުގެ މި ދަތުރުގައި 55 ފަހަރު ފީނުމަށް ވަނީ ރޭވިފައި
  •  ވަގުތު: 'ޑައިވާ ޕްރޮޕަލްޝަން ވެހިކަލް' ބޭނުންކޮށްގެން ކަނޑުއަޑީގައި 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރާނެ

ދަތުރުގެ މަގުޗާޓު

މި 15 ދުވަހުގެ މި ދަތުރުގެ ތެރޭގައި ޝަފްރާޒް ނައީމް މަޑުކުރުމަށް ރޭވިފައިވާ ބައެއް މުހިންމު މަންޒިލްތަކަކީ އުތުރުގެ އަތޮޅުން ފުރަތަމަ ފިޔަވަހީގައި ހއ، ހދ، އަދި ށ. އަތޮޅުގެ ކަނޑުއަޑި އެވެ. އަދި މެދު ރާއްޖެތެރެއިން ދަތުރުގެ މެދުތެރެއިން މާލެ ސަރަހައްދުގެ ރަށްތަކަށް ކައިރިކޮށް، ޕާޓްނަރުންނާއި ކައުންސިލްތަކާ ބައްދަލުކުރާނެ އެވެ. އަދި 450 ކިލޯމީޓަރު ހަމަކޮށް، ދަތުރު ނިންމާލުމަށް ރޭވިފައިވަނީ ކަނޑައެޅިފައިވާ ވަކި ރަށަކަށެވެ.

މި ތާރީހީ ދަތުރުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖެހިފައިވާއިރު، ދަތުރުގެ ތެރެއިން އެކި ރަށްރަށުގެ ކައުންސިލްތަކާއި ޕާޓްނަރުންގެ އެހީތެރިކަމާއެކު ޝަފްރާޒް ބައެއް ރަށްރަށުގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ރަށްރަށުގެ މެހެމާންދާރީއާއި ދިވެހިވަންތަކަން ވެސް މި ދަތުރުގެ ތެރެއިން ފެނިގެންދާނެ އެވެ.

މި ދަތުރުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ 'ޑައިވާ ޕްރޮޕަލްޝަން ވެހިކަލް' އެވެ. މިއީ ކަނޑުއަޑީގައި ހއްސަ މެޝިނެކެވެ. މި ބޭނުން ކުރުމުން ވަރުބަލިނުވެ ފަސޭހައިން ދަތުރު ކުރެވެ އެވެ.  "އަންޑަވޯޓާ ސްކޫޓަރު" އެކެވެ. މި އާލާތުގެ އެހީގައި ޝަފްރާޒަށް 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑުއަޑީގައި އުޅެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.