އެކި މިސްކިތްތަކުގައި، އަޒީބެ ދެއްވާ ދީނީ އެކިއެކި ދަރުސްތަކާއި މައުލޫމާތުތަކަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަން ލިބިފައިވާ ދަރުސްތަކެކެވެ.

އާންމުންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ އަޒީބެއަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ގެންދާ ކަން ދަރިކަލުން އަހުމަދު ކުމައިލް ވަނީ ސޯޝަލް މީޑިޔާގައި ބުނިނަމަވެސް، އަޒީބެގެ މި ވަގުތުގެ ސިއްހީ ހާލުކޮޅާ ގުޅޭ އިތުރު މައުލޫމާތެއް ދީފައެއް ނުވެ އެވެ.
އެކި މިސްކިތްތަކުގައި، އަޒީބެ ދެއްވާ ދީނީ އެކިއެކި ދަރުސްތަކާއި މައުލޫމާތުތަކަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަން ލިބިފައިވާ ދަރުސްތަކެކެވެ.
އަދި ދީނީ އިލްމާ ގުޅޭ ގިނަ ޓީވީ ޕްރޮގްރާމްތަކުގައި ވެސް އަޒީބެ ބައިވެރިވެވަޑައިގެން، ދީނާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކޮށްދެއްވާފައި ވެ އެވެ.
ޒަމްޒަމް އުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ، އަޒީބެ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްގެ އިތުރުން އަރަބިއްޔާ ސްކޫލްގައި ވެސް އޭނާ މަސައްކަތް ކުރައްވާފަ އެވެ.