އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ ޝަހީމް ދެކޮޅެއް ނޫން

"އިސްލާމް މާއްދާ ބޮޑަށް ދަރިވަރުންނަށް ފަހުމް ވަނީ އިނގިރޭސި ބަހުން ކަމަށް ވާނަމަ އެ މާއްދާ އިނގިރޭސި ބަހުން ކިޔަވާ ދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ޝަހީމްގެ ޕޯސްޓްގައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ޝަހީމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ސްކޫލްތަކުގައި އިސްލާމް ދީނުގެ މާއްދާ، އިނގިރޭސި ބަހުން ކިޔަވައިދީގެން ކުދިންނަށް ބޮޑަށް ފަހުމްވާނަމަ، އެކަން އެ ގޮތަށް ކުރުމުގައި މައްސަލައެއް އޮތް ކަމަށް ގަބޫލުނުކުރައްވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ދިވެހި ބަހަށް ކޮށިވެ، އިސްލާމް މާއްދާ ކުދިންނަށް ރަނގަޅަށް ފަހުމްނުވާކަމަށް "މިހާރު" ނޫހުގައި ޝާއިއުކުރި ރިޕޯޓަކަށް އިޝާރާތްކުރައްވައި، ޝަހީމް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމް މުގައްރަރު ޒަމާނަށް ފެތޭ ގޮތަށް އަދި މި ޒަމާނުގެ ޖީލަށް ވިސްނޭނެ ގޮތަށް ފަސޭހަ އިބާރާތަކުން އަލުން ލިޔަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

ޝަހީމް ވިދާޅުވި ގޮތުގައި، އިސްލާމް މުގައްރަރުގެ ކޮންމެހެން މުހިއްމު ބައިތައް ހިމަނާފައި ގްރޭޑު އަދި އުމުރާ ގުޅޭގޮތަށް އަލުން ތަރައްގީކުރަން ވެސް ފެނިވަޑައިގަންނަވާ ކަމަށާއި، އިސްލާމީ އެކި ދާއިރާތަކުގެ ބައިވަރު މައުލޫތައް ހުރި ހުރުން ވެސް އެކި މަރުހަލާތަކަށް ވަކި މާއްދާތަކުގެ ގޮތުގައި ބަހާލުން ވެސް ރަނގަޅެވެ. 

"އިސްލާމް މާއްދާ ބޮޑަށް ދަރިވަރުންނަށް ފަހުމް ވަނީ އިނގިރޭސި ބަހުން ކަމަށް ވާނަމަ އެ މާއްދާ އިނގިރޭސި ބަހުން ކިޔަވާ ދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ޝަހީމްގެ ޕޯސްޓްގައިވެ އެވެ.

ޝަހީމް ވިދާޅުވީ ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ބަސް ކިޔަވައިދިނުމުން ދިވެހި ބަސް ކުރިއަރާނެ ކަމަށާއި، އަދި ދިވެހި ބަސް އެންމެ ބޭނުންވާ މިންވަރަށް ކުރިއަރުވަން ބޭނުންވާނަމަ ޖެހޭނީ ތައުލީމީ ނިޒާމު އެއްކޮށް ދިވެހި ބަހަށް ބަދަލުކުރަން ކަމަށެވެ.

ނަމަވެސް އެއީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށް ނުވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.