ފުލުހުން މިއަދު ބުނީ، މިދިޔަ އާދީއްތަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވެލާނާ އެއާޕޯޓުގެ ޓެކްސީ ކިޔު ސަރަހައްދުގައި، ސްރީ ލަންކާގެ ދެ މީހެއްގެ ދެމެދުގައި މި މަހުގެ ކުރީކޮޅު މާރާމާރީ ހިންގި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު، ހިނގި މި ހާދިސާގައި ފުލުހުން އޭރު ބުނީ، އެ ދެ މީހުން ހާޒިރުކޮށް، މައުލޫމާތު ސާފުކުރުމަށްފަހު، ނަސޭހަތްދީފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ އާދީއްތަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ލަންކާއަށް ނިސްބަތްވާ، ތިލަކު މައްދެތަލަވޭ ކަންކަނަމަލަގޭ (43އ) އަދި ޕްރިޔަންތަ ސިލްވާ ދެވަނިތިގޭ (46އ) ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ ދެ މީހުން ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ގެންދިޔުމުން، އިތުރު 15 ދުވަހަށް އެ ދެ މީހުން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.