ހާފިޒުންގެ ދަސްވެނިވުން ރޯދަމަހުގެ 12ވަނަ ރެއަށް އަވަސްކޮށްފި

ނަމަވެސް ރޭ މިނިސްޓަރު ވިދާޅުވީ ހާފިޒުން ދަސްވެނިވާ ހަފްލާ މިއަހަރު އޮންނާނީ ރޯދަ މަހުގެ 12 ނުވަތަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ރޭ ކަމަށެވެ. ޖަލްސާ އަވަސްކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

ހާފިޒުން ދަސްވެނިވުމަށް ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން ސަނަދު ހާސިލްކުރި ހާފިޒުންތަކެއް

ހާފިޒުން ދަސްވެނިވުމަށް ބާއްވާ މިއަހަރުގެ ޖަލްސާ ރޯދަމަހުގެ 12 ވަނަ ދުވަހުގެ ރެޔަށް އަވަސްކޮށްފި އެވެ.

ހާޒިފުން ދަސްވެނިވުމަށް ހާއްސަ ޖަލްސާއެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ރޯދަ މަހުގެ 27 ވިލޭރެ އެވެ. އަދި ކޮންމެ އަހަރަކުވެސް އެ ޖަލްސާ އޮންނާނީ ރޯދަމަހުގެ 27 ވިލޭރޭ ކަމަށް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރޭ މިނިސްޓަރު ވިދާޅުވީ ހާފިޒުން ދަސްވެނިވާ ހަފްލާ މިއަހަރު އޮންނާނީ ރޯދަ މަހުގެ 12 ނުވަތަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ރޭ ކަމަށެވެ. ޖަލްސާ އަވަސްކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރު ބޭއްވި ޖަލްސާގައި 24 ހާފިޒަކު ވަނީ ދަސްވެނިވެފަ އެވެ. މިއަހަރު އޮންނަ ޖަލްސާގައި 30 ހާފިޒުން ދަސްވެނިވާނެ ކަމަށާއި 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާސިލްކުރާނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ސަރުކާރުން މިހާރު ވަނީ ހާފިޒުންނަށް ދޭ އެލަވަންސް ވެސް ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރު ހާފިޒުންނަށް ދެމުންދަނީ 4000ރ. ގެ އެލަވަންސެކެވެ. އޭގެ ކުރިން ދެމުން ދިޔައީ 2000ރ. ގެ އެލަވަންސެކެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.