މިދިޔަ އަހަރު ލޯނު ދައްކަން 5.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މީގެތެރޭން ލޯނު އިންޓްރެސްޓަށް އެކަނި 4.7 ބިލިއަން ހަރަދުކުރީ ލޯނުތަކުގެ އިންޓްރެސްޓަށެވެ.

މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން ލޯނު ދައްކަން ކުރި ހަރަދު ބޮޑުތަނުން އިތުރުވެ، މިފަހުގެ ތާރީހުގައި އެންމެ ގިނައިން ލޯނުތައް ދެއްކި އަހަރުގެ ގޮތުގައި ފާހަގަ ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ، ވީކްލީ ފިސްކަލް ރިޕޯޓުގެ މިދިޔަ އަހަރުގެ އެންމެފަހު އަދަދުން އެނގޭ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ލޯނު ދައްކަން ވަނީ 5.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މި އަދަދަކީ ލޯނުތައް އަދާކުރަން މިދިޔަ އަހަރު ބަޖެޓުކުރި 3.8 ބިލިއަން ރުފިޔާއަށްވުރެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ވަނީ ލޯނުތައް އަދާކުރަން 2.7 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ 2024 ވަނަ އަހަރު ހަރަދުކުރި 2.3 ބިލިއަން ރުފިޔާއަށްވުރެ އިތުރުވުމެކެވެ. މި ލޯނުތަކުގެ ތެރެއިން މައިގަނޑު ގޮތެއްގައި ސަރުކާރުން ދައްކާފައިވަނީ ލޯނުތަކުގެ އިންޓްރެސްޓަށް އެރި އަދަދުތަކެވެ. ނަތީޖާއަކަށްވީ ލޯނު އިންޓްރެސްޓަށް އެކަނި 4,7 ބިލިއަން ރުފިޔާ ސަރުކާރުން ދެއްކުމެވެ. މިއީ ކުރީ އަހަރަށްވުރެ 1.4 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ބޭރުގެ ފަރާތްތަކަށް ލޯނު ދެއްކުމަށް ޖުމްލަ 2.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެތެރޭން މަލްޓިލޭޓަރަލް އަދި ބައިލޭޓަރަލް ލޯނުތައް ނުވަތަ އެކި ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން ނަގާފައިވާ ތަރައްގީގެ މަޝްރޫޢުތަކާ ގުޅޭ ލޯނުތަކުގެ ބޭރުގެ ދަރަނީގެ އިންޓްރެސްޓަށް އެކަނި ވެސް 1.6 ބިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ.
ފިނޭންސް އިން ނެރުނު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ދަރަނީގެ ރިޕޯޓް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 151 ބިލިއަން ރުފިޔާ، ނުވަތަ ނުވަ ބިލިއަން ޑޮލަރަށް އުފުލުނުއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 129.9 ޕަސެންޓަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނޭ ރާއްޖޭގެ ބޭރުގެ ދަަރަނީގެ ނިސްބަތް މިހާރު ހުރީ 63 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 88 ބިލިއަން ރުފިޔާގަ އެވެ. އަދި ޖުމްލަ ދަރަނި ހުރީ 151 ބިލިއަން ރުފިޔާގަ އެވެ.
ފިނޭންސުގެ މި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ސޮވްރިން ގެރެންޓީ ދީފައިވާ ދަރަނި ހުރީ 20,8 ބިލިއަން ރުފިޔާގަ އެވެ. އަދި ސޮވްރިން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނީގެ ނަމްބަރު ހުރީ 20 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 638.4 ބިލިއަން ރުފިޔާގަ އެވެ. މި މުއްދަތުގައި ދަރަނި ދައްކަން ދައުލަތުން ވަނީ 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ޖުމްލަ ޖީޑީޕީގެ ނިސްބަތް ތިންވަނަ ކުއާޓަރުގެ ނިޔަލަށް ހުރީ 116,359.8 ބިލިއަން ރުފިޔާގަ އެވެ.
މި އަހަރު ރާއްޖޭ އެއްފަހަރާ ޖުމްލަ 600 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހެ އެވެ. މީގެތެރޭގައި ހިމެނެނީ ސުކޫކް ރީޕޭމަންޓުގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ސޮވެރިން ސުކޫކް ބޮންޑެއްގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑުގެ ގޮތުގައި އަދާކުރަން ޖެހޭ 100 މިލިއަން ގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެއްގެ ރީޕޭމަންޓެވެ.
މި އަހަރުގެ ބަޖެޓާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެފައިވާ ގޮތުގައި ބޮޑު ދަރަނި ދައްކަން ސަރުކާރުގައި ޕްލޭނެއް އެބައޮތެވެ. އެ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ބޮޑު ދަރަނީގެ ތެރޭން އަންނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ ތެރޭން 450 މިލިއަން ޑޮލަރު ރީފައިނޭންސް ކުރަން ވަނީ ނިންމާފަ އެވެ. އަދި ބާކީ ހުރި 100 މިލިއަން ޑޮލަރު ދައްކަނީ ޕޮޓެންޝަން ފައިނޭންސިން ޕާޓަރުންގެ އަތުން ހޯދާ ފައިސާއިންނެވެ.
"މީގެ ޑީޓެއިލް ޕްލޭސްމަންޓްތައް ހުރިކަން ފާހަގަވޭ،" ކޮމެޓީގައި އޮޑިޓް އޮފީހުން ބުނެފައިވެެ އެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒީ ވިދާޅުވި ގޮތުގައި 600 މިލިއަން ޑޮލަރު ދައްކަން ޖެހޭކަން ދުރާލާ އެނގޭ ކަމަށާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ހަދާފައިވަނީ ވެސް އެހެންވެ އެވެ. ނަމަވެސް އެ ފަންޑަށް ޖަމާވާ ފައިސާ ސަރުކާރުތަކުން ނަގަމުން މާރު ކުރަމުން ދިޔަ ކަމަށެވެ. މިހާރުގެ ހާލަތަށް އައުމުގެ މައިގަނޑު ސަބަބަކީ މިއީކަން އޮޑިޓަ ޖެނެރަލް ފާހަގަ ކުރެއްވި އެވެ.
އޮޑިޓަ ޖެނެރަލް ވެސް ވަނީ ސަރުކާރުން ބޮޑު ދަރަނި ދައްކަން މިހާރު އެކުލަވާލާފައިވާ ޕްލޭން ރިއަލިސްޓިކް ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން އަބަދުވެސް ކިރިޔަ ކިރިޔާ ވާވަރަށް މިކަންކަން ކުރަނީ ދުރާލާ ތައްޔާރު ވެގެން ދިޔައީމަ އުސޫލެއްގެ ގޮތުން ކަންކަން ރަނގަޅުވާނީ،" ނިޔާޒީ ވިދާޅުވި އެވެ.