މިދިޔަ އަހަރު ބަޖެޓް | މާލީ ގޮތުން ގިނަ ކާމިޔާބުތަކެއް ހޯދި

މި ރިޕޯޓް ދައްކާ ގޮތުން އާމްދަނީ އިތުރުވުމާއި ފަތުރުވެރިކަމުގެ ކުރިއެރުން ވަނީ ލިބިފަ އެވެ. މިގޮތުން މިދިޔަ އަހަރު އަހަރު ނިމުނުއިރު ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރި އަހަރެއްކަން ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އާންމުކުރި މި ރިޕޯޓުން ދައްކާގޮތުގައި ދައުލަތުގެ އާމްދަނީ އިތުރުވެ، ޚަރަދުތައް ކޮންޓްރޯލްކުރުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.6 ބިލިއަން ރުފިޔާ އިން ދަށްވެފައެވެ. މިއީ 73.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

މި ރިޕޯޓް ދައްކާ ގޮތުން އާމްދަނީ އިތުރުވުމާއި ފަތުރުވެރިކަމުގެ ކުރިއެރުން ވަނީ ލިބިފަ އެވެ. މިގޮތުން މިދިޔަ އަހަރު އަހަރު ނިމުނުއިރު ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސްތަކެވެ. މިގޮތުން 11.0 ބިލިއަން ރުފިޔާ (15.2 އިންސައްތައިގެ އިތުރުވުމެއް) ލިބިފައިވެ އެވެ. އަދި ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 29.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ ޚަރަދުތައް ކުޑަކުރުމާއި އުމްރާނީ ތަރައްގީއަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 2024 ވަނަ އަހަރުގެ 48.2 ބިލިއަން ރުފިޔާއިން 43.1 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ.މިގޮތުން ކެޕިޓަލް ޚަރަދުން މަގުތަކާއި، ބްރިޖް އަދި އެއާޕޯޓް މަޝްރޫޢުތަކަށް އިސްކަންދެމުންވެސް، ކެޕިޓަލް ޚަރަދު ވަނީ 48.8 އިންސައްތަ ދަށްކޮށްފަ އެވެ. އަދި މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މުވައްޒަފުންނަށް ކުރާ ޚަރަދު އިތުރުވުމުން، ރިކަރަންޓް ޚަރަދު ވަނީ 36.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

މި ރިޕޯޓުގައި ފާހަގަކުރި އެންމެ މުހިންމު އެއް ކަމަކީ، ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ޕްރައިމަރީ ބެލެންސް ސާޕްލަސް އަކުން އަހަރު ނިންމާލުމެވެ. މިދިޔަ އަހަރު ކުރީ އަަހަރު 2024 ވަނަ އަހަރު 8.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި އޮތް ބަޖެޓު މިދިޔަ އަހަރު ނިމުނުްއިރު ހުރީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްގަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ވަނީ އިތުރުވެފަ އެވެ. މިގޮތުން ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި މިންވަރު ވަނީ 91.2 އިންސައްތަ އިތުރުކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރު މި ފަންޑަށް 2.7 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.