ކައުންސިލް އިންތިހާބުގައި ޖޭޕީގެ ތާއީދު ޕީއެންސީއަށް

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ރިޔާސަތު ބެލެހެއްޓެވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ، އަންނަ އޭޕްރީލް މަހު ބާއްވާ އިންތިޚާބުގައި އެ ޕާޓީން ކެނޑިޑޭޓުން ނެރޭނީ ހަމައެކަނި އދ. މާމިގިލީ ދާއިރާއަށް އެކަނި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީއާއެކު މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ނިންމައިފި އެވެ.

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ރިޔާސަތު ބެލެހެއްޓެވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ، އަންނަ އޭޕްރީލް މަހު ބާއްވާ އިންތިޚާބުގައި އެ ޕާޓީން ކެނޑިޑޭޓުން ނެރޭނީ ހަމައެކަނި އދ. މާމިގިލީ ދާއިރާއަށް އެކަނި ކަމަށެވެ. އެހެން ހުރިހާ ދާއިރާތަކެއްގައި ސަރުކާރު ކޯލިޝަނުގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް، އެ ކެނޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރުމަށް ޕާޓީގެ ކައުންސިލްގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

ސިޔާސީ މަސްރަޙު މި ވަގުތު އޮތްގޮތް

  • .އެން.ސީ: ކެނޑިޑޭޓުން ކަނޑައެޅުމަށް މިހާރު ވަނީ ޕްރައިމަރީ ބާއްވާފައެވެ.
  • އެމް.ޑީ.ޕީ: އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އެމް.ޑީ.ޕީން ވެސް ވަނީ ޕްރައިމަރީ ބާއްވައި ކެނޑިޑޭޓުން ކަނޑައަޅާފައެވެ.
  • ޑިމޮކްރެޓްސް: މިހާރު ދަނީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމުންނެވެ.

އިންތިޚާބުގެ މުހިންމު ތާރީޚުތައް - އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން އޮންނާނީ  04 އެޕްރީލް ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. 

އޭޕްރީލް 4 ގެ އިންތިޚާބުގައި ގާތްގަނޑަކަށް 290,000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.