މިއީ 112 އެނދުގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ. މިތަނުން އެންމެ ޒަމާނީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫޢުގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޒިން އެވެ.
މަޝްރޫޢުގެ މަގުސަދު : ވިލިމާލޭގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ހިދުމަތް ހޯދުމަށް މަގުފަހިކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި ޗައިނާ ސަފީރު ވަނީ މި މަޝްރޫއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރައްވާފަ އެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާ އެވެ. މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ޗައިނާގެ ހިލޭ އެހީގެ ދަށުން 116 މިލިއަން ޑޮލަރު ދީފައިވެ އެވެ. އަދި ބާކީ ހުރި ބަޔަކީ ސަރުކާރަށް ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށް ދިން ލޯނެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔައިރު އެ ކުންފުނިން ވަނީ ރާއްޖޭން 70 މިލިއަން ޑޮލަރުގެ ތަކެތި ގަނެފަ އެވެ. މީގެތެރޭގައި އަށް މިލިއަން ޑޮލަރުގެ ފެން ހިމެނެ އެވެ.