ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކްޓިވް އެޑްވާޑްލިން އެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އޭޝިއަން އިންސްޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ) އާ ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކްޓިވް އެޑްވާޑްލިން އެވެ. މި އެއްބަސްވުމުގެ ދަށުން ޗާޓަޑް ބޭންކިންގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމުގެ ފުރުސަތުތައް ހުޅުވާނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލް ވިދާޅުވީ އޭއައިސީބީ އާއި ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކުރުމަށް މި އެއްބަސްވުމާއެކު މުހިންމު މަސައްކަތްތަކެއް ފެށޭނެ. މިގޮތުން ޗާޓަޑް ބޭންކިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާނެ އެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ބޭންކިން ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ބީއެމްއެލް އެކަޑަމީން އަންނަނީ މި ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އިންޓަރންޝިޕްގެ ފުރުސަތުވެސް ދެމުންނެވެ