ބަރުދަން ލުއިކޮށް، ހަންގަނޑު ރީތިވާނެ ކަމަށް ބުނެ ހުއްދަ ނުނަގައި ބޭސް ވިއްކަނީ

"މިފަދަ ބޭސް ބޭނުން ކުރުމުން ހީވެސް ނުކުރާފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއް ނޫނެވެ." އެބަޔާނުގައިވެ އެވެ.

ބޭސްފިހާރައެއް -- ފޮޓޯ: ގޫގުލް

ނަގަން ޖެހޭ ހުއްދަ ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށްގެން އޮންލައިންކޮށް ވިއްކަމުންދާ ކަމަށާއި، ހާއްސަކޮށް ބަރުދަން ލުއިކުރުމުގެ ނަމުގައި ހަށިގަނޑަށް ނުރައްކާވެދާނެފަދަ ބޭހެއް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ އެކަމަށް ބޭނުންވާ އުސޫލުތަކުގެ ދަށުން ރަޖިސްޓްރީކޮށް، އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭސް ލިސްޓުގައި ހިމެނޭ ބޭސްތައް އެކަނި ކަމަށެވެ.

ނަމަވެސް ހުއްދަ ނުނަގައި ތަފާތު އޮންލައިން ޕޭޖްތަކުގައި ބޭސް އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ 'ސެމަގްލުޓައިޑް' ނަމަކަށް ކިޔާ ބޭހަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށް ބުނެ ޕޭޖްތަކުން ދަނީ އިޝްތިހާރު ކުރަމުންނެވެ. އަދި ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ 'އެޒެލެއިން އެސިޑް' އަކީ މޫނުގެ ހަންގަނޑު ރީތިކޮށްދީ، އަލިކުރާ ބޭހެއް ކަމަށް ބުނެ، އޮންލައިން ޕޭޖްތަކުގައި އިޝްރިހާރުކޮށް، ވިއްކަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

"މިފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުން ކުރަންޖެހޭ ހާލަތުގައި އެކަމެއްގެ ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭހެވެ. އަދި ފާމަސީތަކުވެސް މިފަދަ ބޭސްތައް ދޫކުރެވޭނީ ޑޮކްޓަރުން ލިޔެދީފައިވާ ބޭސްސިޓީއަށެވެ. މިފަދަ ބޭސް ބޭނުން ކުރުމުން ހީވެސް ނުކުރާފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއް ނޫނެވެ." އެބަޔާނުގައިވެ އެވެ.

ހުއްދަ ނުނަގައި އެގޮތަށް ބޭސް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސްވަނީ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.