ޗައިނާގައި ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭ ސްކޮލަޝިޕަށް ހުޅުވާލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ފުރުސަތެއް ކަމަށެވެ.

ދަސްވެނިވުމުގެ ފޮޓޯއެއް --

ޗައިނާގައި މަތީ ތައުލީމު ހާސިލްކުރުމަށް ޗައިނީސް ގަވަމެންޓް ސްކޮލަޝިޕް 2026-2027 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ފުރުސަތެއް ކަމަށެވެ.

މި ސްކޮލަޝިޕްގެ ދަށުން ޗައިނާގެ ޔުނިވާސިޓީތަކުގައި ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު އޮންނާނެ އެވެ. ޗައިނީސް ސްކޮލަޝިޕް ކައުންސިލްގެ ދަށުން ހިންގީ މި ކޯސްތަކުގެ ދާއިރާތައް އެ ކައުންސިލްގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ކޯސްތަކަށް ކުރިމަތިލެވޭނެ ޝަރުތުތައް ގެޒެޓްކޮށްފައިވާއިރު، އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ސްޓޫޑެންޓް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނު ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމެވެ.

އަދި އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ އެންމެ މަތީ ފާހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވެސް ވާންޖެހެ އެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. ފައިނަލް ސެލެކްޝަން ހަދާނީ ސްކޮލަޝިޕްދޭ ފަރާތުންނެވެ.

މި ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުއަރެންސް އަދި ސްޓައިފެންޑް ދޭނީ  ޗައިނީސް ސްކޮލަޝިޕް ކައުންސިލުންނެވެ. އެކަމަކު ރިޓާން އެއާ ޓިކެޓު ހަމަޖައްސައިދޭނީ މިނިސްޓްރީންނެވެ.

ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 29 ވަނަ ދުވަހުގެ 13:30 އަށެވެ، އެޕްލިކޭޝަން ހުށަހަޅާނީ 'މައިއެޑިއު' ޕޯޓަލްއަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.