އެއް ދުވަހުން ފްލެޓާއި ގޯއްޗަށް އެދި 500 އަށްވުރެ ގިނަ ހުށަހެޅުން

ހައުސިން މިނިސްޓްރީން މިއަދު ބުނީ ފާއިތުވި 24 ގަޑިއިރުތެރޭގައި 518 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އެއީ ފްލެޓަށް އެދި 399 އެޕްލިކޭޝަން އަދި ބިން ހޯދަން އެދި 119 އެޕްލިކޭޝަނެވެ.

ސްޓެލްކޯ ފްލެޓް --

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުޅުވާލިތާ 24 ގަޑިއިރުތެރޭގައި 500 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި އެވެ.

މި ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްމުގެ ދަށުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާފައިވާ 15،000 ގޯއްޗާއި 7900 ފްލެޓް ދިނުމަށް ހުޅުވާލާފައިވަނީ އިއްޔެ ހެނދުނު 9:00ގަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ފާއިތުވި 24 ގަޑިއިރުތެރޭގައި 518 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އެއީ ފްލެޓަށް އެދި 399 އެޕްލިކޭޝަން އަދި ބިން ހޯދަން އެދި 119 އެޕްލިކޭޝަނެވެ.
 
މި ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ފެށިގެން އޭޕްރީލް 17 ވަނަ ދުވަހުގެ 23:59 ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު ހަތަރު ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށެވެ.

ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ. އެ ކެޓެގަރީތަކުގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި ސިފައިން އަދި އެކަނިވެރި މައިންނާއި ބަފައިންނަށާއި މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް ފްލެޓް ހާއްސަކޮށްފައިވެ އެވެ.

މި ސްކީމުން ގޯތި ލިބޭނީ މާލޭގައި ރަށްވެހި ވެގެން އުޅޭތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ މިހުންނަށެވެ. ދެން ގޯތިދޭ ބައިގައި ހިމެނެނީ މާލޭގައި ދިިރުއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށް ވެހިންނެވެ. މި ފަރާތްތަކަށް ގޯތިދޭނީ ރަސްމާލެއިންނެވެ. މި ސްކީމުން ވެސް ފްލެޓް ލިބޭނީ މާލޭގައި މެދުނުކެނޑި ދިިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.

އެގޮތުން މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ދިނުމަށް ނިންމާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.